ޚަބަރު

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރަނބޫދޫގައި ޚާއްޞަ ފެތުމުގެ ޙަރަކާތެއް ބާއްވައިފި

2 ދުވަސް ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
899269850 1567719148710478 4482654369867002069 n
ID Card
Liyuntherikan
އިޝްތިހާރު

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފ. ދަރަނބޫދޫ ސިއްޙީ މަރުކަޒުން އިސްނަގައިގެން ޚާއްޞަ ފެތުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.
މި ޙަރަކާތަކީ ހަކުރުބައްޔާމެދު އާންމުން ހޭލުންތެރިކުރުވުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤްޞަދުގައި، ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ރާއްޖޭގެ ސިއްޙީ ދާއިރާގެ ހުރިހާ މުއައްސަސާތަކާ ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ ޤައުމީ ޙަރަކާތެކެވެ. މުޅި ރާއްޖޭގައި މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ”މޯލްޑިވްސް ސްވިމް ވިތު ޑައިބެޓީސް“ ގެ ނަމުގައެވެ.

ދަރަނބޫދޫ ސިއްޙީ މަރުކަޒުން މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ހަކުރުބަލީގެ ދުވަސް ފާހަގަކުރާ ނޮވެމްބަރު މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:45 ގައެވެ. މި ޙަރަކާތް ބާއްވާފައިވަނީ ދަރަނބޫދޫގެ ކާނިބީޗް ސަރަޙައްދުގައެވެ.
ދަރަނބޫދޫ ސިއްޙީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ފެތުމުގެ ޙަރަކާތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. އެގޮތުން، ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން، ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޢާންމު ރައްޔިތުން ވަނީ މި ޙަރަކާތުގައި ޢަމަލީ ގޮތުން ބައިވެރިވެ ފަތާފައެވެ.

ސިއްޙީ މަރުކަޒުން ބުނީ މިފަދަ ޙަރަކާތެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ކަސްރަތާއި ހެލިފެލިވެއުޅުމަކީ ހަކުރުބަލިން ރައްކާތެރިވުމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން އަންގައިދީ، މުޖުތަމަޢުގައި ދުޅަހެޔޮ އާދަތައް އަށަގެންނެވުން ކަމަށެވެ. އަދި މި ޙަރަކާތް ކާމިޔާބުކަމާއެކު ނިންމާލެވުނީ ރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށްވެސް އެ މަރުކަޒުން ފާހަގަކުރިއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ