ޚަބަރު

ބޯކޮށް ވާރޭވެހި މަގޫދޫގައި ފެންބޮޑުވުން: ފެންހިންދުމުގެ މަސައްކަތުގައި ފުލުހުން އަވަދިނެތި!

14 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
Liyuntherikan
ID Card
އިޝްތިހާރު

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާފު އަތޮޅު މަގޫދޫއަށް ބޯކޮށް ވާރޭވެހި، ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ފެންހިންދުމުގެ ހާއްސަ ހަރަކާތުގައި މަގޫދޫ ޕޮލިސް ސްޓޭޝަނުން ދެއްވި ފާހަގަކޮށްލެވޭ ބޮޑު އެއްބާރުލުމަށް ކަމާބެހޭ އިދާރާތަކުން ހާއްސަ ޝުކުރެއް އަދާކޮށްފިއެވެ.

މި ވިއްސާރައިގައި މަގޫދޫގެ މަގުތަކުގައާއި މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ނާޒުކު ދަނޑިވަޅުގައި ރަށުގެ ހާލަތު އާންމު ހާލަތަކަށް ގެނައުމަށާއި، ރައްޔިތުންނަށް ދިމާވި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ވަނީ ކުއްލި މަސައްކަތްތަކެއް ފަށާފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

އެގޮތުން ރަށުން ފެންހިންދުމަށާއި، ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި މަގޫދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުން ވަނީ އަމަލީގޮތުން ރެޔާއި ދުވާލު ނުހަނު ހީވާގިކަމާއެކު ހަރަކާތްތެރިވެފައެވެ.
މި ހިތްވަރުގަދަ މަސައްކަތް ފާހަގަކޮށް ފާފު އަތޮޅު ޕޮލިސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ފާފު އަތޮޅު އޮފީސް، އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ވަނީ ފުލުހުން ދެއްކެވި ނަމޫނާ ސާބިތުކަމަށާއި އިހުލާސްތެރި އެއްބާރުލުމަށް ނުހަނު ބޮޑަށް ޝުކުރު ދަންނަވާފައެވެ.

އިދާރާތަކުން ހާމަކުރި ގޮތުގައި، މިފަދަ ކޮންމެ ގައުމީ އަދި އިޖުތިމާއީ ކާރިސާއެއްގައި ފުލުހުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެހީތެރިކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރަށުގެ ހާލަތު އިތުރަށް މޮނިޓަރކޮށް، ކުރިއަށް އޮތް ތަނުގައިވެސް ދިމާވެދާނެ ކުއްލި ހާލަތަކަށް އިދާރާތަކުން ދަނީ ތައްޔާރުވަމުންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ