ޚަބަރު

މަގޫދޫ ވޮލީ ދަނޑުގެ ލައިޓް ދަނޑި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި!

15 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
Liyuntherikan
ID Card
އިޝްތިހާރު

ފ. ފާފު އަތޮޅު މަގޫދޫ ވޮލީ ދަނޑުގެ ލައިޓް ދަނޑިއެއް ބިންދައިގެން ދިއުމާ ގުޅިގެން، އެ ދަނޑި މަރާމާތުކުރުމުގެ މުހިންމު މަސައްކަތްތަކެއް އެ ރަށު ކައުންސިލުން ފަށައިފިއެވެ.

މަގޫދޫ ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި، ވޮލީ ދަނޑުގެ ބިންދައިގެން ގޮސްފައިވާ ލައިޓް ދަނޑި މަރާމާތުކުރުމަށްޓަކައި، އެ ދަނޑި ރައްކާތެރިކަމާއެކު ބިމަށް ތިރިކުރުމުގެ ބުރަ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. މި މަސައްކަތަކީ ގިނަ ވަސީލަތްތަކާއި އިންސާނީ ބާރު ބޭނުންވި، ނުރައްކާތެރި ހާދިސާއެއް ހިނގިޔަނުދީ ބެލެހެއްޓުން މުހިންމުވި މަސައްކަތެކެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި އަމަލީ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ރަށުގެ ޒުވާން ވޮލީ ކުޅުންތެރިންނާއި، ސްޓެލްކޯ ފ. މަގޫދޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ ވަރަށް އިސް ދައުރެއް އަދާކޮށް، ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ހާއްސަކޮށް، އިންޖީނުގޭގެ މުވައްޒަފުންގެ ފަންނީ އެހީތެރިކަމާއި، ކުޅުންތެރިންގެ ބުރަ މަސައްކަތް މި ކަމުގައި ފާހަގަކުރެވިގެންދިޔައެވެ.

މި ކަމާ ގުޅިގެން މަގޫދޫ ކައުންސިލްގެ ނަމުގައި ވަނީ، ލައިޓް ދަނޑި ތިރިކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، ދަނޑުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެހީތެރިވި ހުރިހާ ވޮލީ ކުޅުންތެރިންނަށާއި، ސްޓެލްކޯ އިންޖީނުގޭގެ ހީވާގީ މުވައްޒަފުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށުގެ ޒުވާނުންނާއި މުއައްސަސާތައް ގުޅިގެން މިފަދަ އިޖުތިމާއީ އަދި ތަރައްގީގެ ކަންކަމުގައި ދޭ އެއްބާރުލުމަކީ، މަގޫދޫގެ ކުރިއެރުމަށާއި މުޖުތަމައުގެ ބަދަހިކަމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ދަނޑި މަރާމާތުކޮށް ނިމުމުން، ވޮލީ ދަނޑުގެ ބޭނުން ކުރިއެކޭވެސް އެއްގޮތަށް ރޭގަނޑު ދިއްލައިގެން ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ