ޚަބަރު

ފ. ދަރަނބޫދޫން ވަރުވާއަށް ރުއްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

20 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG 7c8d1bf0 e182 4ba9 b052 9cdee5582acb
Liyuntherikan
ID Card
އިޝްތިހާރު

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާއިން، އެ ރަށުގެ ބަންޑާރަ ރުއްތައް ވަރުވާއަށް ކުއްޔަށް ދޫކުރުމަށް އިޢުލާންކޮށް، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ދަރަނބޫދޫ ކައުންސިލުން ނެރެފައިވާ ނަންބަރު (IUL)373-MS/373/2026/39 އިޢުލާނުގައިވާ ގޮތުން، ރަށުގެ ބަންޑާރަ ރުއްތައް ވަރުވާއަށް ނެގުމަށް އެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއްގައި ބައިވެރިވާންޖެހެއެވެ. މި ބައްދަލުވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި އެ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު (ޕްރޮޕޯޒަލް) ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެވޭނެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި ދަރަނބޫދޫ ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 6740015 އަށް ގުޅުއްވުމަށް ނުވަތަ ރަސްމީ އީމެއިލް [email protected] މެދުވެރިކޮށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ