ޚަބަރު

ދަރަނބޫދޫ ޒުވާނަކު ކައުންސިލް ނައިބްރައީސަށް ސީރިއަސް ތުހުމަތުތަކެއް: ނައިބު އެކަން ދޮގުކޮއްފި

1 ދުވަސް ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1000020364
ID Card
Liyuntherikan
އިޝްތިހާރު

ފ. ދަރަނބޫދޫގައި ސަރުކާރުން ބިނާކުރަމުންދާ އައު ޒުވާނުންގެ މަރުކަޒުގެ މަޝްރޫއާ ގުޅުވައިގެން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަރިޔަސް މުހައްމަދަށް ރަށުގެ ޒުވާނަކު ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ. ނަމަވެސް، ކައުންސިލްގެ ނައިބު ރައީސް ވަނީ އެ ތުހުމަތުތައް ދިފާއު ކުރައްވައި، އެކަން ދޮގުކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވީ ދަރަނބޫދޫގެ ޒުވާނަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމުމުގެ ކުރިން އެ ތަނަށް ގެނައި ބައެއް އަގުބޮޑު ސާމާނުތައް ވަނީ ކައުންސިލްގެ ނައިބު ރައީސް އަރިޔަސް މުހައްމަދުގެ އަމިއްލަ ދިރިއުޅޭ ގެއަށް ގެންގޮސްފައެވެ. ޕޯސްޓު ޖެހި ޒުވާނާ ވަނީ މިއީ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުން ފަދަ ސީރިއަސް މައްސަލައަކަށް ވާތީ، ކަމާބެހޭ މުއައްސަސާތަކުން މިކަން އަވަހަށް ތަހުގީގުކޮށް، ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމަށް ގޮވާލާފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ތުހުމަތުތަކާ ގުޅިގެން ނައިބު ރައީސް އަރިޔަސް މުހައްމަދާ ސުވާލުކުރުމުން ވަނީ އެ ވާހަކަތައް އެކޮށް ދޮގުކުރައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ ޒުވާނުންގެ މަރުކަޒުގެ އެއްވެސް މުދަލެއް ނުވަތަ ސާމާނެއް އަމިއްލަ ބޭނުމަކަށް ގެއަށް ގެންގޮސްފައި ނުވާނެ ކަމަށާއި، މިއީ ސިޔާސީ ގޮތުން ނުވަތަ އަމިއްލަ ޒާތީ ހަސަދައެއްގެ ސަބަބުން އޭނާގެ އަގުވެއްޓުމަށް ހިންގާ ދޮގު ޕްރޮޕަގަންޑާއެއް ކަމަށެވެ. އަދި ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ރަށުގެ ތަރައްގީއަށް ދެފުށް ފެންނަ އުސޫލަކުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ