ޚަބަރު

ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާގައި ބައިވެރިވުމުގެ ފުރުސަތު ދަރަނބޫދޫ ޑަބްލިއުޑީސީން ހުޅުވާލައިފި

5 ގަޑިއިރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
SM
ID Card
Liyuntherikan
އިޝްތިހާރު

’ޕްރޮގްރެސް ޓު އަ ޤުރުއާނިކް ލައިފްސްޓައިލް‘ ގެ ފަރާތުން ރާއްޖޭގެ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ގުޅިގެން ބާއްވާ ’ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ 2026‘ ގައި ބައިވެރިވުމުގެ ފުރުސަތު، ފ. ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ހުޅުވާލައިފިއެވެ.

ދަރަނބޫދޫ ޑަބްލިއުޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ވެބިނާރ އަކީ އުމުރުން 13 އަހަރުން މަތީގެ ކޮންމެ ޖިންސެއްގެ ބޭފުޅަކަށްވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ޖުމްލަ 14 ގަޑިއިރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޚާއްޞަ ވެބިނާރއެކެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

 

SM 53.1
ވެބިނާރގައި ރަޖިސްޓްރީވުމަށް މަތީގައިއެވާ ކިއުއާރު ކޯޑު ސްކޭން ކޮށްލައްވާ

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާނުގެ ޢިލްމު ހޯދުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމާއި، ތިލާވަތާއި، ތަޖުވީދު އަދި ޙިފްޒުގެ ޢާންމު އުސްލޫބުތައް އުނގަންނައިދީ، ޤުރުއާނުގެ އަހުލުވެރި ބަޔަކަށް ދިވެހިން ހެދުމަށް ބާރުއެޅުމެވެ.

މި ވެބިނާރގެ ތެރެއިން މައިގަނޑު ގޮތެއްގައި އުނގަންނައިދެވޭނެ ބައިތަކުގެ ތެރޭގައި ހިމެނެނީ:
1. ޤުރުއާނުގެ ތަޖުވީދުގެ އެންމެހާ ޙުކުމްތައް
2. ޤިރާއަތްތަކާއި މަޤާމުތައް
3. ތިލާވަތު ކުރުމުގައި ގެންގުޅެންވާ މުހިންމު އުސްލޫބްތައް
4. ޤުރުއާން ހިތުދަސް ކުރުމަށް ބާރުއެޅުމާއި، ޙިފްޒުކުރުމަށް ހަރުދަނާ އުސޫލުތަކާއި މަގުތައް
5. ރިވާޔާ ޙަފްޞު ޢަން ޢާޞިމްގެ ޝާތުބީ ޠަރީޤުގެ މުހިންމު އެންމެހާ ޙުކުމްތައް
6. ޤުރުއާން ތަދައްބުރު ކުރުމާއި ޤުރުއާނުގެ ޢިލްމަށް ސަމާލުކަން ދިނުން

މި ވެބިނާރގައި ބައިވެރިވުމަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 12 ވާ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާއެވެ.

މި ވެބިނާރ ވެގެންދާނީ ކީރިތި ޤުރުއާން ރީތިކޮށް ތަޖުވީދުމަގުން ކިޔަވަން ދަސްކުރުމަށާއި، ޤުރުއާނުގެ ޢިލްމަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ އަގުހުރި އަދި ފައިދާކުރަނިވި ފުރުސަތަކަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ