ޚަބަރު

މުޢިއްޒު އަދި ސެމްބެގެ އަނބިކަނބަލުން ދަރަނބޫދޫއަށް ވަޑައިގެންފި

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
PPMPNC
Liyuntherikan
ID Card
އިޝްތިހާރު

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުޢިއްޒު އަދި ރަނިންގމޭޓް ސެމްބެގެ އަނބިކަނބަލުން ސާޖިދާ އަދި އައިޝާ މިއަދު ދަރަނބޫދޫއަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވައިފިއެވެ.

އެބޭފުޅުން ދަރަނބޫދޫއަށް ވަޑައިގެންނެވި ވަގުތު ޕީޕީއެމާއި ޑިމޮކްރަޓްސްގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުންވަނީ ބަނދަރަށް ވަޑައިގެން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ.މުޢިއްޒުއަށް ތާއީދު ހޯދުމަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ދަރަނބޫދޫ ސަޕޯޓަރުންނާއެކު ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޕީޕީއެމްގެ ޖަގަހައިގައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ދަރަނބޫދޫ ސްކޫލުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލުމަށް 299 ފަރާތެއްވަނީ ރަޖިސްޓްރީ ކުރެވިފައެވެ. މި އިންތިޚާބުގެ ފުރަތަމަ ބުރުގައި މި ވޯޓުފޮއްޓަށް 313 މީހުން ރަޖިސްޓްރީ ކުރެވުނުއިރު، އެފަހަރު ވޯޓުގައި ބައިވެރިވެފައިވަނީ 286 މީހުންނެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިގެންދިޔަ މީހުންގެ 91 އިންސައްތައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (1)