ޚަބަރު

ދަރަނބޫދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފި

3 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
ދަރަނބޫދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ
Liyuntherikan
ID Card
އިޝްތިހާރު

ފ. ދަރަނބޫދޫގައި ޕޮލިސް ޕޯސްޓެއް މިއަދު ހުޅުވައިފިއެވެ.

ދަރަނބޫދޫ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާމް ޢަބްދުﷲ އެވެ. ދަރަނބޫދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތާއި ގުޅިގެން ހޯމް މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ދަރަނބޫދޫ އަކީ މިހާރުވެސް ކުށްމަދު ރަށެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ. މިނިސްޓަރުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ހުޅުވިގެން މިދާ ޕޯސްޓްގެ ސަބަބުން، ދަރަނބޫދޫއަކީ މިހާރަށްވުރެވެސް ކުށްމަދު، އަމާން، ސުލްޙަވެރި އުފާފާގަތި ރަށަކަށް ވުމަށް މަގުފަހި ކޮށްދޭނެކަމަށެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން ޢަބްދުﷲގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުގެ އިތުރުން ޕޮލިހުންގެ އިސް އެހެނިހެން ބޭފުޅުންނާއި ދަރަނބޫދޫ މުވައްސަސާތަކުގެ މުވައްޒަފުންނާއި އާންމުން ބައިވެރިވެފައިވެއެވެ.

ދަރަނބޫދޫގައި މުޅިން އައު ޚިދުމަތެއްގެ ގޮތުގައި މިއަދު ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވުނުއިރު، މި ޚިދުމަތް ޤާއިމްކުރުމަށް އަދުގެ ކައުންސިލާއި ކުރީގެ ކައުންސިލްތަކުން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރަންޖެހެއެވެ. ޚާއްސަކޮށް ހިނގަމުން ދާ ދައުރުގެ ކައުންސިލާއި ކައުންސިލްގެ މުވައްޒަފުންނާއި އާންމުންގެ ތެރެއިން ހެޔޮއެދޭ ބަޔެއްގެ އެހީތެރިކަން ޕޮލިސް ޕޯސްޓްގެ މަސައްކަތްތައް ކުރުމުގައި ލިބިގެން ގޮސްފައިވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)