ދަރަނބޫދޫ ކައުންސިލްގެ ބައެއް ތަކެތި ނީލަން ކިޔުމަށް ނިންމައިފި

ދަރަނބޫދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް އެ ކައުންސިލުން ނިންމައިފިއެވެ. ދަރަނބޫދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް މަންސައިގައި މިއަދު ޝާއިޢުކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، މި ނީލަން ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 7 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގައި އެ ރަށު ކައުންސިލް އިދާރާ ކުރިމަތީގައެވެ.
މި ނީލަމުގައި ހިމެނޭ ތަކެތީގެ ތެރޭގައި އެ ރަށު އުސްފަހު ޕާކް ކައިރީގައި ހުންނަ ކައުންސިލްގެ ގުދަނުގެ ފުރާޅުން ނަގާފައިވާ ޓިނާއި ލަކުޑި ހިމެނެއެވެ. މި ތަކެތީގެ ނީލަން ފެށޭ އަގަކީ 1000 ރުފިޔާއެވެ. މީގެ އިތުރުން ފެންސް ޖަހާ 4 ދާގަނޑު (ނީލަން ފެށެނީ 50 ރުފިޔާއިން)، 2 ތަނބު ތައްގަނޑު (ނީލަން ފެށެނީ 1500 ރުފިޔާއިން) އަދި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ބަގީއެއްވެސް ނީލަމުގައި ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. ބަގީގެ ނީލަން ފެށޭ އަގަކީ 1500 ރުފިޔާއެވެ.
ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ނީލަމުގައި ބައިވެރިވެގެން ތަކެތި ނަގާ ފަރާތްތަކުން، ނީލަން ނިމޭތާ ގިނަވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި އެ ތަކެއްޗަށްވާ ފައިސާ ދައްކައި ނިންމަންޖެހޭނެއެވެ.
މި ނީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ދަރަނބޫދޫ ކައުންސިލް އިދާރާއާ ގުޅުއްވުމަށް އެ ކައުންސިލުން އެދެއެވެ.














ޚިޔާލުތައް (0)