ޚަބަރު

މެޑަމް ސާޖިދާ މުޙައްމަދު ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފި

3 ދުވަސް ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
FP
ID Card
Liyuntherikan
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ފ. ދަރަނބޫދޫއަށް މިއަދު ވަޑައިގެންފިއެވެ.

މެޑަމް ސާޖިދާ ދަރަނބޫދޫއަށް ވަޑައިގަތީ މިއަދު ހަވީރު 3:45 އެހާއިރުއެވެ. އެކަމަނާގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި، މިނިސްޓަރ އޮފް ހެލްތު ޤީލާ ޢަލީގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މެޑަމް ސާޖިދާ އާއި ވަފުދުގެ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ދަރަނބޫދޫ ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ސިޔާސީ ގޮތުން ތަފާތު ވިސްނުންތައް ގެންގުޅުއްވާ ފަރާތްތައް ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މެޑަމް ސާޖިދާ ދަރަނބޫދޫއަށް ވަޑައިގަތީ، ފ. ނިލަންދޫގައި މިއަދު ބޭއްވި ”ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް“ ފާހަގަކުރުމުގެ ރަސްމީ އިވެންޓް ނިންމަވާލެއްވުމަށްފަހުގައެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދަރަނބޫދޫގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވުމެވެ. މިގޮތުން ރަށުގެ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ މެޑަމް ސާޖިދާ މުޙައްމަދެވެ. ދަނޑު ހުޅުއްވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ދަރަނބޫދޫ ”ޚައިރު ސްޕޯޓްސް އެކަޑެމީ“ އާއި ނިލަންދޫ ”މައްޖު ސާރ އެކަޑެމީ“ ގެ 12 އަހަރުން ދަށުގެ ކުދިންގެ މެދުގައި ކުޅުނު ފުޓްސަލް މެޗު ޝަރަފުވެރިކޮށްދެއްވައި، އެ މެޗު ބައްލަވާލައްވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ