ޚަބަރު

ފަޚުރުވެރިކަމާއެކު ދަރަނބޫދޫގައި މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

1 ހަފްތާ ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
FP
ID Card
Liyuntherikan
އިޝްތިހާރު

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 61 އަހަރު ފުރުނު، މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ފ. ދަރަނބޫދޫގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވައިފިއެވެ. ދަރަނބޫދޫ ކައުންސިލުން އިސްނަގައިގެން، ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ މިނިވަންކަމުގެ އުފާ ފާޅުކުރުމަށާއި ޤައުމީ ރޫޙު އާލާކުރުމަށް ރަށު ފެންވަރުގައި ބޭއްވުނު ޚާއްސަ ހަރަކާތްތަކެކެވެ.

މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތައް ފެށުނީ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 6:00 ގައެވެ. މިގޮތުން ކައުންސިލް އިދާރާގެ ކުރިމަތީގައި ބޭއްވުނު ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރަށުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި،  އާންމު ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ހަރަކާތަކީ އެ ދުވަހުގެ ހަވީރު ”އިސްރަށްވެހިންގެ ޕާކް“ ގައި ބޭއްވުނު މިނިވަން އުފާ ހަވީރެވެ. މި ހަވީރުގައި ރަށުގެ އެކި މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ވަނީ ދުވަހާ ގުޅޭ އަދި ޤައުމިއްޔަތު ރަމްޒުކޮށްދޭ ޚާއްސަ ސްޓޯލްތަކެއް ތައްޔާރުކޮށްފައެވެ.

މި ސްޓޯލްތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، މިނިވަންދުވަހާ ގުޅޭ ކުރެހުންތައް ކުރެހުމާއި، ދިވެހިންގެ ސަގާފީ މަސައްކަތެއް ކަމަށްވާ ފަން ބޭނުންކޮށްގެން ތަކެތި ވިޔަން ދަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ޤައުމިއްޔަތަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކުއިޒްތަކާއި، ހަނދާނީ ފޮޓޯ ނެގުމަށް ޚާއްސަ ކުރެވިފައިވާ ސްޓޯލްތަކުގެ އިތުރުން، މިނިވަންކަމާ ގުޅޭގޮތުން ޝުޢޫރު ފާޅުކުރުމުގެ ފުރުސަތުވެސް ބައިވެރިންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި މި ހަވީރު އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ބޮޑުބެރުގެ ހަރަކާތްތައް ލައިވްކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.

755871144 2012352782820554 6470227234107204502 n
މިނިވަން ހަވީރުގައި ބޮޑުބެރުގެ ހަރަކާތެއް ހުށަހަޅަނީ

މި އިވެންޓުގެ އެންމެ ޚާއްސަ އެއް ކަމަކީ އިވެންޓް ހޯސްޓް ކުރުމުގައި ގެންގުޅުނު ފުރިހަމަކަމެވެ. ހަރަކާތްތައް ފެށުނީއްސުރެ ނިމެންދެން ހުރިހާ ބައިވެރިންގެ ފުރިހަމަ ބައިވެރިވުން ފެނިގެންދިޔައިރު، ދުވަހާ ގުޅޭ ޝައުޤުވެރި މަޢުލޫމާތުތައް މުޅި ސަރަޙައްދުގައި ދިޔައީ އިވެމުންނެވެ. ވަކިން ޚާއްސަކޮށް، ރަށުގެ އިސްރަށްވެހިންގެ ފަރާތުން ލިބުނު ތަޖުރިބާތަކާއި މާޒީގެ ހަނދާންތައް އައު ޖީލުތަކަށް ހިއްސާކުރުމަކީ މި ހަރަކާތުން ހާސިލުވި އެންމެ ބޮޑު އެއް މަޤްޞަދެވެ.

މިނިވަންދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ދުވަހުގެ ތާރީޚީ ހަނދާންތައް އާލާކޮށް، ދުވަހާ ގުޅޭ މަޢުލޫމާތު ފެތުރުން ކަމަށްވާއިރު، ދަރަނބޫދޫގެ މުވައްސަސާތަކުން ވަނީ މިކަން ނުހަނު ފުރިހަމައަށް އަދާކޮށްދީފައެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ރަށުގެ މުވައްސަސާތަކުން ވެފައިވާ ތައްޔާރީތަކާއި ދެއްކި ފުރިހަމަ ނަމޫނާއަކީ ރަށުގެ އެއްބައިވަންތަކަން ހާމަކޮށްދިން ކަމެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)