ޚަބަރު

ދަރަނބޫދޫގެ އައު ފުޓްސަލް ދަނޑު ހުޅުވުމަށް މެޑަމް ސާޖިދާ ވަޑައިގަންނަވަނީ

11 ގަޑިއިރު ކުރިން ދަނިއުސްދަނިއުސް
FP
Liyuntherikan
ID Card
އިޝްތިހާރު

ފ. ދަރަނބޫދޫގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދަރަނބޫދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މެޑަމް ސާޖިދާ އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އާދީއްތަ ދުވަހުއެވެ. މި ދަތުރުފުޅުގައި މެޑަމް ސާޖިދާގެ އަރިހުގައި ސިއްހަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ އާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސަޢުދާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެޑްވިން
އިޝްތިހާރު

މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ ދަރަނބޫދޫގައި އަލަށް ޤާއިމްކުރި ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމެވެ. މި ދަތުރުފުޅުގެ ތެރެއިން މެޑަމް ސާޖިދާ އާއި އެކަމަނާގެ އަރިހުގައި ވަޑައިގަންނަވާ ވަފުދުން ދަރަނބޫދޫ ކައުންސިލާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.

ދަރަނބޫދޫގައި ތަރައްޤީކުރި މި ފުޓްސަލް ދަނޑަކީ 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2023 ވަނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މަޝްރޫޢެކެވެ. ނަމަވެސް، އެކި ސަބަބުތަކާހުރެ މަސައްކަތް ލަސްވެ، ނިމިދިޔަ ކައުންސިލްގެ ދައުރު ނިމުނުއިރުވެސް ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ. އެހެންނަމަވެސް، މިހާރު މި ދަނޑުގެ ހުރިހާ މަސައްކަތެއް ނިންމައި، ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ދަނޑު ހުޅުވުމާއެކު، ދަރަނބޫދޫގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށާއި ދުޅަހެޔޮ މާޙައުލެއްގައި ވަގުތު ހޭދަކުރުމަށް ބޮޑު ފުރުޞަތެއް ހުޅުވިގެންދާނެ ކަމަށް އެ ރަށު ކައުންސިލުން އުއްމީދު ކުރެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ