ޚަބަރު

އެމްޑީޕީގެ އެތެރޭގެ ކެމްޕެއިނަށް ރައީސް ނަޝީދު ދަރަނބޫދޫއަށް ވަޑައިގެންފި

1 މަސް ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
FP
Liyuntherikan
ID Card
އިޝްތިހާރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، އެ ޕާޓީގެ ޗެއަރޕާސަން ހޮވުމަށް ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ކެމްޕެއިން ޓީމާއެކު ފ. ދަރަނބޫދޫއަށް ވަޑައިގެންފިއެވެ.

މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް ނަޝީދު އަތޮޅުތަކުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ރައީސް ނަޝީދު ދަރަނބޫދޫއަށް ފައިބާވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ ބަނދަރު ސަރަހައްދަށް އެމްޑީޕީ މެމްބަރުން އެއްވެފައިވެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ބަނދަރު މަތީގައި އެއްވެ ތިބި ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމުގެ މުހިންމުކަމާއި، ކުރިއަށް އޮތް އިންތިޚާބުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫގައި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރުމުގެ ގޮތުން ބަނދަރު ސަރަހައްދުގައި އެމްޑީޕީގެ ބޮޑު ދިދައެއް ނަގާފައިވެއެވެ. މި ދިދަ ނަންގަވައިދެއްވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުގެ އިސް ބޭފުޅުންނެވެ.

ދަރަނބޫދޫގައި ކުރިން އެމްޑީޕީގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު ހިންގި ޖަގަހައެއް ހުރި ނަމަވެސް، މިހާރު އެފަދަ ޖަގަހައެއް ނެތްކަން ފާހަގަކުރެވެއެވެ. ނަމަވެސް، ކުރިއަށް އޮތް އެތެރޭގެ އިންތިޚާބާ ދިމާކޮށް، އެ ރަށުގައި އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމުގެ ފޯރިގަދަ މަސައްކަތްތަކެއް މިހާރު ދަނީ ކުރިއަށެވެ.

މި ކެމްޕެއިން ދަތުރުފުޅަކީ އެމްޑީޕީގެ އެތެރޭގެ ގުނަވަންތައް އަލުން ދިރުވައި، ޕާޓީގެ މެމްބަރުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)