ޚަބަރު

46 ވަނަ މަސްވެރިންގެ ދުވަހުގެ ޚާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

6 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG b82b61d7 4305 49ea b7ae b6d02c89793b
Liyuntherikan
ID Card
އިޝްތިހާރު

2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ ޚާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ނެރުއްވާފައިވާ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ބަހާލެވިފައިވާ 4 މައިގަނޑު ދާއިރާއަކުންނެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

އެ ދާއިރާތަކަކީ:
• ދޯނިކެޔޮޅުގެ ދާއިރާ: ފަރުމަސްވެރިކަމާއި ކަނޑުމަސްވެރިކަމުގެ ދާއިރާއިން، އުމުރުން 35 އަހަރުން މަތީގެ ކެޔޮޅުންނަށް.
• ޒުވާން ދޯނިކެޔޮޅުގެ ދާއިރާ: ފަރުމަސްވެރިކަމާއި ކަނޑުމަސްވެރިކަމުގެ ދާއިރާއިން، އުމުރުން 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅުންނަށް.
• މަސްވެރި އަންހެނާގެ ދާއިރާ: މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް.
• ފަރުމަސްވެރިޔާގެ ދާއިރާ: ފަރުމަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް.
މި އެވޯޑުތަކަށް އަމިއްލައަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 29 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އެވޯޑުތަކަށް މީހުން ހޮވުމުގައި އަމަލުކުރާނެ އުސޫލާއި އެވޯޑަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މިނިސްޓްރީގެ ފޯނު ނަންބަރު 3339223 ނުވަތަ 3339243 އަށް ގުޅުއްވުމަށް އެ މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ