ޚަބަރު

ޚައިރު ފައުންޑޭޝަނުން ފާފު އަތޮޅަށް ޚާއްސަކޮށްގެން ބާއްވާ 11 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް އިޢުލާންކޮށްފި

10 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
Liyuntherikan
ID Card
އިޝްތިހާރު

ފާފު އަތޮޅުގެ ރަށްރަށުގައި ހުރި ކުލަބުތަކަށް ހުޅުވާލައިގެން، 11 އަހަރުން ދަށުގެ ކުދިންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ފުޓްސަލް މުބާރާތް ”ފާފު އަތޮޅު ފުޓްސަލް މުބާރާތް (11 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ)“ ޚައިރު ފައުންޑޭޝަނުން ރަސްމީކޮށް އިޢުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޚައިރު ފައުންޑޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ފާފު އަތޮޅުގެ ރަށްރަށުގެ ކުލަބުތަކުގެ މެދުގައި ފުޓްސަލް މުބާރާތްތައް އިތުރުކުރުމާއި، މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މަދު ކުޑަކުދިންނަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހާއި، އެކުވެރިކަމާއި، ދިފާއީ އަދި އަޚްލާޤީ ސިފަތައް އާލާކުރުމުގެ އިތުރުން، އަތޮޅުގެ ހުނަރުވެރި ކުޅުންތެރިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ މައިދާނެއް ތަނަވަސްކޮށްދިނުން ހިމެނެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް ރާވާފައިވާ މި މުބާރާތް ކުރިއަށްދާނީ ފާފު އަތޮޅުގެ ރަށްރަށުގެ ފުޓްސަލް ދަނޑުތަކުގައެވެ. ހަފުތާ ބަންދުގެ ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކޮންމެ މެޗެއްގެ ވަގުތަކީ 20 މިނެޓެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭއިރު، ކޮންމެ ކުލަބަކަށް ގިނަވެގެން ބައިވެރިކުރެވޭނީ 2 ޓީމެވެ.

މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ޖުމްލަ 20,000 ރުފިޔާގެ އިނާމު ބަޖެޓެއް ކަނޑައަޅާފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7,000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 5,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ފިއެސްޓާ ކިންގް) އަށް 4,000 ރުފިޔާ، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް 2,000 ރުފިޔާ، އަދި އެންމެ މޮޅު ގޯލްކީޕަރަށް 2,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ބައިވެރިވާ ކޮންމެ ޓީމަކަށް ހަނދާނީ ލިޔުމެއް ނުވަތަ މެޑަލްއެއް ދިނުމަށް ވަނީ ނިންމާފައެވެ.
ޚައިރު ފައުންޑޭޝަނުން އިތުރަށް ބުނި ގޮތުގައި، މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ސްޓްރީމިންގް ކުރިއަށްދާނެއެވެ. އަދި މުބާރާތުން ފާހަގަކުރެވޭ އެންމެ ހުނަރުވެރި ކުދިންނަށް، ފާފު އަތޮޅުން ބޭރުގެ ފުޓްބޯޅަ އެކަޑެމީތަކުން ތަމްރީނު ހެދުމުގެ ފުރުސަތު ހޯދައިދިނުމަށް އެ ފައުންޑޭޝަނުން މަސައްކަތް ކުރާނެއެވެ.

މި މުބާރާތަކީ ފާފު އަތޮޅުގެ ކުޅިވަރުގެ މައިދާނަށް އާ އުއްމީދުތަކެއް ގެނެސްދޭނެ މުބާރާތެއް ކަމަށް ވިދާޅުވެ، ޚައިރު ފައުންޑޭޝަންގެ ޕްރެޒިޑެންޓް މުޙައްމަދު އަފްޒަލް ނާޞިރު ވަނީ މުބާރާތް ކާމިޔާބު ކުރެވޭނީ އަތޮޅުގެ އެކި ރަށްރަށުގެ ކުލަބުތަކާއި، ބެލެނިވެރިން އަދި ކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއެކު ކަމަށް ވިދާޅުވެ، ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ