ޚަބަރު

ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

3 އަހަރު ކުރިން ދަނިއުސްދަނިއުސް
Dhonfanu
Liyuntherikan
ID Card
އިޝްތިހާރު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތީން ޖުލައި މަހު ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން ޖުލައި 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފ. ދަރަނބޫދޫ ކައުންސިލުން އާންމުކޮށް އިޢުލާނުކޮށްފިއެވެ.

އެގޮތުން މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ޖުމްލަ ގޮތެއްގައި 3 ކަމަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ރަށުގެ ބިމުގެ ބަޖެޓާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓާއި ބެހޭ މަޢުލޫމާތު ހިއްސާކުރުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން ހިނގަމުން މިދާ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ކައުންސިލުން ކޮށްފައިވާ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ މި ތިން ކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންފުޅުވާ ފަރާތްތަކުން ދަރަނބޫދޫ ކައުންސިލްގެ ނަމްބަރު 6740015 ފޯނާއި ގުޅުއްވައި މަޢުލޫމާތު ހޯދުމަށް އިއުލާނުގައިވަނީ އެދިލައްވާފައެވެ. ކައުންސިލުން މަޢުލޫމާތު ދިނުމަށް ބާއްވާ މިބައްދަލުވުން އޮންނާނީ 2022 ޖުލައި 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ”ދާރުލް ޢުލޫމް“ގައެވެ.

ދަރަނބޫދޫ ކައުންސިލުން މިގޮތަށް ރައްޔިތުންނާއި ބައްދަލުކުރާއިރު، ކައުންސިލާއި ކުރަންބޭނުންވާ ސުވާލުތަކަށް އާންމުކޮށް ހުޅުވާލެވިގެން ފުރުސަތު ދެމުން އަންނަކަން ފާހަގަކުރެވެއެވެ

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)