ޚަބަރު

އޯލެވެލް އިމްތިޙާނު ކަރުދާސްތައް ސްކޫލުތަކަށް ފެންނާނެ ގޮތް ހަދަނީ!

9 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
Education
ID Card
Liyuntherikan
އިޝްތިހާރު

އޯލެވެލް އިމްތިޙާނުގެ ނަތީޖާއާއެކު، ދަރިވަރުންގެ ޖަވާބު ކަރުދާސްތަކާއި (ސްކްރިޕްޓް) ލިބުނު މާކްސްތައް ސްކޫލްތަކަށް ފެންނާނެ ބަދަލުތަކެއް ކެމްބްރިޖުން ގެނެސްފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި ބަދަލުގެ ސަބަބުން ނަތީޖާ ރީޗެކް ކުރުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބި، ކުދިން ޖަވާބުދީފައިވާ ގޮތް އެނގުމުން ކިޔަވައިދިނުން ހަރުދަނާކުރަން ސްކޫލްތަކަށް މުހިންމު މަޢުލޫމާތުތަކެއް ލިބޭނެ ކަމަށެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މިއަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި ކޭމްބްރިޖް އޯލެވެލް އިމްތިހާނު ރާއްޖޭގެ 267 ސެންޓަރެއްގައި ރަސްމީކޮށް ފަށައިގެން ކުރިއަށް އެބަދެއެވެ.

މި މަހުގެ 20 އިން ފެށިގެން ނޮވެމްބަރު މަހުގެ 12 ގެ ނިޔަލަށް ކުރިއަށްދާ މި އިމްތިޙާނުގައި މިއަހަރު ރާއްޖެއިން ޖުމުލަ 8,111 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރެއިން މާލޭ ސަރަޙައްދުގެ 25 ސެންޓަރަކުން 3,222 ދަރިވަރުން އިމްތިޙާނު ހަދަމުންދާއިރު، އަތޮޅުތަކުގެ 242 ސެންޓަރަކުން 4,889 ދަރިވަރުން ބައިވެރިވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ކޭމްބްރިޖް އޯލެވެލް އިމްތިޙާނުގެ އިތުރުން ގައުމީ މަންހަޖުގެ ދަށުން ގްރޭޑް 10 ގެ ދަރިވަރުން ހަދާ އެސްއެސްސީ (ދިވެހި އަދި އިސްލާމް) އިމްތިޙާނުގައި ޖުމުލަ 7,776 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން 2,869 ދަރިވަރުން އަދި އަތޮޅުތެރެއިން 4,907 ދަރިވަރުން ހިމެނެއެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ދިރާސީ އަހަރަށް އައި ބަދަލުތަކަށްފަހު، އަހަރުގެ ފަހުކޮޅު މި އިމްތިޙާނުތައް ބާއްވާ ފުރަތަމަ ފަހަރެވެ. އިމްތިޙާނުގެ ހުރިހާ ކަމެއްވެސް އަމާންކަމާއެކު ކުރިއަށްދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ