ޚަބަރު

ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފި!

16 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
1mi6b12000snrin771811 Q90
Liyuntherikan
ID Card
އިޝްތިހާރު

މި ޙާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި، ބްރިޖުމަތިން މީހަކު ކަނޑަށް ފުންމާލި ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 00:44 ގައެވެ. މި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކޯސްޓްގާޑުގެ ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ކަނޑުތެރެއިން ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. އަދި އެ މީހާ ކޯސްޓްގާޑް ހާބަ ކްރާފްޓަށް ނަގައި ސަލާމަތްކުރުމަށްފަހު، މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ހާދިސާއާ ގުޅިގެން އެ މީހާ ކަނޑަށް ފުންމާލި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި ފުލުހުންގެ ފަރާތުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ވިދާޅެއްނުވެއެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ