ޚަބަރު

ޔުނިޓީ ސްޕޯޓްސް އެކަޑެމީގެ އިސްނެގުމާއެކު، ށ. ފުނަދޫ މިސްކިތުގައި މުށިޖެހުމުގެ ޢަމަލީ މަސައްކަތް ފަށައިފި!

1 ދުވަސް ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
Liyuntherikan
ID Card
އިޝްތިހާރު

މި މަސައްކަތަކީ ޔުނިޓީ ސްޕޯޓްސް އެކަޑެމީއަށް ހެޔޮއެދޭ ދީލަތި ފަރާތްތަކުގެ މާލީ އަދި މާއްދީ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

ރަށުގެ ދީނީ އަދި އިޖުތިމާޢީ ރޫޙު ޢާލާކުރުމުގެ މަޤުޞަދުގައި ފެށި މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށްޓަކައި، އެކަޑެމީގެ މެންބަރުންނާއި ރަށުގެ ހެޔޮއެދޭ ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި ޢަމަލީގޮތުން ޙަރަކާތްތެރި ވަމުންނެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި މަޝްރޫޢާ ގުޅޭގޮތުން ޔުނިޓީ ސްޕޯޓްސް އެކަޑެމީން ވަނީ، ރަށުގެ ތަރައްޤީއަށާއި އިޖުތިމާޢީ ކަންކަމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އެންމެހާ ފަރާތްތަކަށާއި، އެކަޑެމީގެ ހީވާގި މެންބަރުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތީ މިސްކިތުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ށ. ފުނަދޫ ކައުންސިލުގެ ރައީސްގެ ފަރާތްޕުޅުން ލިބެމުންދާ ޚާއްޞަ އެއްބާރުލުމާއި އެހީތެރިކަން އެކަޑެމީން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

IMG 20260923
ށ. ފުނަދޫ މިސްކިތް: ފޮޓޯ – ޔުނިޓީ ސްޕޯޓްސް އެކެޑަމީގެ ރަސްމީ ފޭސްބުކް ޕޭޖު

މިސްކިތުގައި މުށިޖެހުމުގެ މަސައްކަތް ނިމުމުން، ނަމާދުކުރުމަށް ސާފުތާހިރު އަދި ފަސޭހަ މާޙައުލެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި މިއީ ރަށުގެ އާބާދީ އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޚާއްޞަކޮށް ރަމަޟާން މަސް ފަދަ ބަރަކާތްތެރި ދުވަސްވަރު ކުރިމަތިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

ސަރުކާރުގެ ބަޖެޓަށް އެކަނި ބަރޯސާނުވެ، ރަށުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކައުންސިލް ގުޅިގެން މިފަދައިން މަސައްކަތް ކުރުމަކީ ރަށުގެ އެއްބައިވަންތަކަމުގެ ރޫޙު ޢާލާވެ، ތަރައްޤީއަށް މަޤުފަހިވެގެންދާނެ ކަމެއް ކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ