ޚަބަރު

ދަރަނބޫދޫ ސިއްޙީމަރުކަޒަށް ފުރަތަމަ ފަހަރަށް ލެބޯޓަރީ ޓެކްނީޝަނެއް ހަމަޖައްސައިފި

4 ގަޑިއިރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
Saali
Liyuntherikan
ID Card
އިޝްތިހާރު

ފ. ދަރަނބޫދޫ ސިއްޙީމަރުކަޒަށް މެޑިކަލް ލެބޯޓަރީ ޓެކްނީޝަނެއް ހަމަޖައްސައި، މިއަދު އެ ޚިދުމަތަށް މުވައްޒަފަކު ނިކުމެއްޖެއެވެ.
މި މަޤާމަށް ހަމަޖައްސާފައިވަނީ ގއ. ދާންދޫއަށް ނިސްބަތްވާ ސާލިމާ ވާފިރެވެ. ސާލިމާއަކީ މީގެ ކުރިންވެސް ލެބޯޓަރީގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ފަރާތެކެވެ. މިއީ ދަރަނބޫދޫ ސިއްޙީމަރުކަޒުގެ ތާރީޚުގައި ވެސް ލެބޯޓަރީގެ މަޤާމަކަށް މުވައްޒަފަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅިގެން ދަރަނބޫދޫ ސިއްޙީމަރުކަޒުން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ސާލިމާ ޚިދުމަތާ ގުޅުމަކީ އެ މަރުކަޒުން ދެމުންގެންދާ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ވަރަށް އަވަސް މުސްތަޤުބަލެއްގައި ލެބޯޓަރީގެ ޚިދުމަތްތައް ފުރިހަމަކުރެވި، ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ސިއްޙީމަރުކަޒުން ފާހަގަކޮށްފައިވެއެވެ.
ދަރަނބޫދޫ ރައްޔިތުންނަށް މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ފޯރުކޮށްދެމުން އައީ މޯބައިލްކޮށް ކައިރި ރަށްރަށަށް ސާމްޕަލް ފޮނުވައިގެންނެވެ. އަދި އޭގެ އިތުރުން ބައެއް މުހިންމު ޓެސްޓުތައް ހެދުމަށްޓަކައި އެ މަރުކަޒުގައި ”މިނީ ލެބެއް“ ޤާއިމުކޮށްފައިވީ ނަމަވެސް، ބައެއް ސަބަބުތަކާއިހުރެ، އެކަށީގެންވާ ގޮތެއްގައި މިހާތަނަށް އެތަނުން ޚިދުމަތް ދެވިފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.
ފާހަގަކޮށްލެވޭ:
ދަރަނބޫދޫގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ، ސިއްޙީމަރުކަޒުގެ އަލަށް އިމާރާތްކުރެވޭ ބަޔާއެކު ޚިދުމަތްތައް ފުޅާކުރެވި، ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ އެންމެހައި މުވައްޒަފުން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ