ޚަބަރު

ދަރަނބޫދޫ ކައުންސިލްގެ ޕިކަޕްގެ ޚިދުމަތް މެދުކެނޑިއްޖެ

16 ގަޑިއިރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
818365353 1974527896553768 4026157412502674123 n
Liyuntherikan
ID Card
އިޝްތިހާރު

ފ. ދަރަނބޫދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް އެކި ބޭނުންތަކަށް ފޯރުކޮށްދެމުން އަންނަ ޕިކަޕްގެ ޚިދުމަތް މިއަދުން ފެށިގެން މެދުކަނޑާލައިފިއެވެ.

ދަރަނބޫދޫ ކައުންސިލުން ވިދާޅުވީ، ޕިކަޕްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނީ އެ އުޅަނދުގެ މަރާމާތު މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށެވެ. މި ޕިކަޕަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އުޅަނދަކަށް ވުމުން، މިހާރު ކުރިއަށްދަނީ އޭގެ މަރާމާތު މަސައްކަތްތަކެވެ.މި މަރާމާތަށްފަހު އަލުން ޚިދުމަތް ދޭން ފެށޭނެ ސީދާ ތާރީޚެއް ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މަރާމާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވީއެންމެ އަވަހަކަށް އަލުން ޚިދުމަތް ދޭން ފަށާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި ޚިދުމަތް މެދުކެނޑުމާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކައުންސިލުން ވަނީ މަޢާފަށް އެދިފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ދަރަނބޫދޫގައި ބޭނުންކުރަމުން އަންނަ 2.5 ޓަނުގެ މި ޕިކަޕަކީ، ރައްޔިތުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް އަގު ނަގައިގެން ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ދެމުން އައި އުޅަނދެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ