ޚަބަރު

ދާރުލް އުލޫމުގައި ޤުރުއާން ކުލާސް ރޫމެއް ހަދަނީ

3 އަހަރު ކުރިން ދަނިއުސްދަނިއުސް
Dhaarul uloom
Liyuntherikan
ID Card
އިޝްތިހާރު

ދާރުލް ޢުލޫމްގައި ކީރިތި ޤުރުއާން އުނގަންނައި ދިނުމަށް ކުލާސް ރޫމެއް ހެދުމަށް ދަރަނބޫދޫ ކައުންސިލުން ނިންމައިފިއެވެ.

ދަރަނބޫދޫ ކައުންސިލުން 2022 ޖޫން 30 ވަނަ ދުވަހު އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކުލާސް ރޫމް ހެދުމަށް އެއިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ހިލޭ ސާބަހަށް އަދި އަމިއްލަ ތަކެތީގައި އެ މަސައްކަތް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައެވެ. އަދި މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތަކަށް މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ދާރުލް ޢުލޫމަކީ ދަރަނބޫދޫގައި ގިނަ ދުވަސްތަކެއް ވަންދެން މިސްކިތެއްގެ ގޮތުގައި ބޭނުންކޮށްފައިވާ އިމާރާތެކެވެ. ނަމަވެސް މި މިސްކިތް ބިނާކޮށްފައިވާ ތަނުގައި ގަބުރު ހުންނާނެކަމަށް ރަށުގެ ދުވަސްވީ މީހުން ބުނަމުން ދިއުމާ ގުޅިގެން އެ މިސްކިތުގެ ބަދަލުގައި ސަރުކާރުންވަނީ މުޅިން އައު މިސްކިތެއް ބިނާކޮށްދެއްވާފައެވެ.

އޭގެ ފަހުން މި އިމާރާތުގެ ނަން ދާރުލް އުލޫމަށް ބަދަލުކުރުމަށްފަހު، މިސްކިތްތަކުގެ ދަފްތަރުން އުނިކުރުމަށްފަހު 2017 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީންވަނީ އެ އިމާރާތް ކައުންސިލާއި ހަވާލުކޮށްފައެވެ. ދަރަނބޫދޫ ކައުންސިލުން މަލްޓި ޕާޕޯސްކޮށް މި އިމާރާތް ބޭނުންކުރަމުން އައިސްފައިވެއެވެ.

އެގޮތުން ރަށުގައި ޤުރުއާން ކުލާހެއް ހިންގުމަށް ބަޔަކަށް ކުއްޔަށް ދިނުމާއި، ރަށުގެ މުވައްސަސާތަކުން އެކިއެކި ޖަލްސާތައް ބޭއްވުމާއި، ކޯސްތައް ހިންގުމާއި، ދަރަނބޫދޫގެ ޖަމްޢިއްޔާއެއްގެ ވަގުތީ އޮފީސް ހިންގުމަށް މި އިމާރާތުން ބައެއް ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ރަށު ބަނދަރު ހެދުމަށް ހަވާލުވި އެމްޓީސީސީއަށް ކުށްޔަށް ދިނުމަށްފަހު، ފެނާއި ނަރުދަމާގެ މަސައްކަތްކުރާ ފަރާތްތަކަށްވެސް ކުށްޔަށް ދޫކޮށްފައިވެއެވެ.

ނަމަވެސް، ފެނާއި ނަރުދަމާގެ ފަރާތްތަކަށް ކުށްޔަށް ދީފައިވަނިކޮށް ހަގީގަތް އޮޅޭގޮތަށް ބަޔަކު ފެތުރި ވީޑިއޯއަކާއި ގުޅިގެން މަސްލަހަތު ގޯސްވެފައިވަނިކޮށް، މީހުން ދިރިއުޅުމުގެ ބޭނުމަށް ކުށްޔަށް ދޫކުރަމުން އައިއައުން ނިމުމަކަށް ގެނައުމަށް ކައުންސިލުން ނިންމާފައިވާކަމަށް 19 ޖޫން 2022 ގައި ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައިވަނީ ހާމަކޮށްފައެވެ.  

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)