ހއ. ބާރަށާއި ތުރާކުނު ފުޓުބޯޅަ ދަނޑުގެ ބޮޑު މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި!

ހއ. ބާރަށު ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތާއި، އެ އަތޮޅު ތުރާކުނު ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް އަދި ލައިޓިން ސިސްޓަމް ޤާއިމްކުރުމުގެ މުހިންމު މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަޙްމަދު ޖަމްޝީދު އެވެ.
އިތުރު ތަފްޞީލް:
މި ދެ މަޝްރޫޢަކީ ރަށްރަށުގެ ޒުވާނުންނަށާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދީ، ފެންވަރު ރަނގަޅު ކުޅިވަރުގެ މާޙައުލެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ހިންގާ މުހިންމު ދެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބާރަށު ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ތުރާކުނު ދަނޑުގައި ބެލުންތެރިންނަށް ޚާއްޞަ ރޮސްޓްރަމްއެއް ބިނާކުރުމާއި، ރޭގަނޑުވެސް ފަސޭހަކަމާއެކު ކުޅިވަރު ކުޅެވޭނެހެން ޒަމާނީ ލައިޓިން ސިސްޓަމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމައި، ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފުޅާކޮށްދިނުމެވެ.















ޚިޔާލުތައް (0)