ޚަބަރު

ބުރިޖުގައި ޖެހުނު ތެޔޮ ބޯޓުތައް ރާއްޖޭގެ ސަރަހައްދުން ބޭރަށް އަޑިއަށް ހިނގައްޖެ!

21 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
IMG 20260911
ID Card
Liyuntherikan
އިޝްތިހާރު

މާލޭ ބަނދަރުގައި އަޅާފައި އޮއްވައި އޮޔާގޮސް ބުރިޖުގެ ދަށަށް ވަތް މި ދެ ބޯޓު، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް ދިޔަވެގެން އަޑިއަށް ދިޔައިރު، ބޯޓުގައި ތިބި ނުވަ ފަޅުވެރިން ސިފައިން ވަނީ ރޭގެ ވަގުތެއްގައި ސަލާމަތްކޮށްފައެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގިނަ ދުވަސްވެ ވަރަށް ބޮޑަށް ބައުވެފައިވާ މި ދެ ބޯޓަކީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ގިނަ އަދަދެއްގެ ތެލާއެކު ރާއްޖެއަށް ވަގަށް އެތެރެވާން އުޅެނިކޮށް އަތުލައިގަތް ދެ ބޯޓެވެ.

މި ހާދިސާއާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ބޯޓުތައް ބުރިޖުގެ ތަނބެއްގައި ޖެހުނު ނަމަވެސް، ބުރިޖުގެ އަސާސީ އޮނިގަނޑަށް (ސްޓްރަކްޗާއަށް) އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ބޯޓު ޖެހުމުގެ ސަބަބުން ބުރިޖުގެ ތަނބުގައި ކުދި ކޫރުންތަކެއް އެޅިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ދެ ބޯޓަކީ ގިނަ އަދަދެއްގެ ތެޔޮ ހުރި ދެ ބޯޓަށް ވެފައި، ބޯޓުތައް އަޑިއަށް ދިޔަ ސަރަހައްދަށް ތެޔޮ ބޭރުވެ، ކަނޑުގެ ދިރުންތަކަށް ގެއްލުންވެދާނެތީ ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ސަމާލުކަމެއް ދީފައެވެ. މި ހާދިސާއާ ގުޅިގެން ކަނޑުގެ ވެއްޓަށް ތެލުގެ އަސަރު ފޯރާފާނެތީ، ކަމާބެހޭ އިދާރާތަކުން ދަނީ އެ ސަރަހައްދުގެ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ