ޚަބަރު

ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމާއި ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

1 ދުވަސް ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
FP
Liyuntherikan
ID Card
އިޝްތިހާރު

ެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީ.އެސް.އެމް) އިން އިންތިޒާމުކޮށްގެން، ކެންސަރު ބައްޔަށް އާންމުން ހޭލުންތެރިކުރުވުމާއި ބައްޔަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 20 އިން 22 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމްގެ ދަށުން ފ. ދަރަނބޫދޫގައި ކުރިއަށްދާ ހަރަކާތްތައް ކުރިއަށް ގެންދަނީ އެ ރަށު ސިއްޙީ މަރުކަޒާއި، ކައުންސިލް އިދާރާ އަދި ސްކޫލްގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކުގައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކެންސަރު ބައްޔާ ގުޅޭގޮތުން އާންމު ރައްޔިތުންނާއި ސްކޫލް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ބައްޔަށް ސްކްރީން ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ޕްރޮގްރާމްގެ ދަށުން މިއަދު ދަރަނބޫދޫގައި ވަނީ މަޢުލޫމާތު ދިނުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެއްވަގުތެއްގައި ދަރަނބޫދޫ ސްކޫލުގައާއި ދާރުލްޢުލޫމުގައި ބޭއްވި މި ބައްދަލުވުންތަކަށް އާންމުންގެ ފަރާތުންނާއި ދަރިވަރުންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިގެން ގޮސްފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޖުމްލަ 5 ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރު، ރަހިމުގެ ދޮރަށްޖެހޭ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު އަދި ބޮޑުގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރެވެ.
މި ބަލިތަކަށް ސްކްރީން ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ފ. އަތޮޅު ހޮސްޕިޓަލް (ނިލަންދޫ) ގައެވެ. އެހެންކަމުން، ދަރަނބޫދޫއިން ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި ސްކްރީން ކުރުމަށް ނިލަންދޫއަށް ދާންޖެހޭ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ދަރަނބޫދޫ ކައުންސިލުން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވާފައިވަނީ ކެންސަރު ސޮސައިޓީގެ އިސް ފަރާތްތަކުންނެވެ. އޭގެ ތެރޭގައި ކެންސަރު ބަލީގެ ޝިކާރައަކަށްވެ، އެ ބައްޔާ ހިތްވަރާއެކު ހަނގުރާމަކޮށް ބަލިން ފަސޭހަވެފައިވާ ފަރާތްތައް (ކެންސަރ ސަވައިވަރުން) ވެސް ހިމެނެއެވެ.
މި ސެޝަންތަކުގައި އެފަރާތްތަކުން ވަނީ ބައްޔާ ކުރިމަތިލީ ގޮތާއި، ފަރުވާގެ މަރުޙަލާތަކުގައި ކުރެވުނު އަމިއްލަ ތަޖުރިބާތައް ބައިވެރިންނާ ހިއްސާކޮށްފައެވެ. މި ތަޖުރިބާތަކުގެ އަލީގައި ދެވުނު ޝައުޤުވެރި އަދި މުހިންމު މަޢުލޫމާތުތަކުގެ ސަބަބުން، ބައްޔާމެދު ހޭލުންތެރިވެ، ކުރީކޮޅުގައި ޓެސްޓުތައް ހެދުމުގެ މުހިންމުކަން ބައިވެރިންނަށް ވަރަށް ބޮޑަށް އޮޅުންފިލައިގެން ދިޔައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކެންސަރު ބަލި ކުރީކޮޅުގައި ދެނެގަނެވި، އަވަސް ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ކެންސަރު ސޮސައިޓީން ފާހަގަކުރެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ