ޚަބަރު

ދަރަނބޫދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ މެމްބަރުން ހުވާކުރައްވައިފި

2 މަސް ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
CWDC
Liyuntherikan
ID Card
އިޝްތިހާރު

ފ. ދަރަނބޫދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ދަރަނބޫދޫ ދާރުލް ޢުލޫމުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، އަލަށް އިންތިޚާބުވި ކައުންސިލް މެމްބަރުންނަށް ހުވައި ލައިދެއްވީ ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އިސްމާޢީލް ޙަބީބެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ވަނީ އެބޭފުޅުންގެ މަޤާމުގެ އިޤުރާރުގައި ސޮއިކުރައްވާފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ރަސްމިއްޔާތުގައި ނިމިދިޔަ 4 ވަނަ ދައުރުގެ ކައުންސިލް މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ އެކި މުވައްސަސާތަކުގެ އިސްވެރިންގެ އިތުރުން އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދަރަނބޫދޫ ކައުންސިލްގެ ހުރިހާ ގޮނޑިއަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.

މިއަދު ހުވާކުރެއްވި މެމްބަރުންނާއެކު ދަރަނބޫދޫގެ ތަރައްޤީގެ އައު ދައުރެއް ފެށިގެންދާއިރު، ރަށުގެ ރައްޔިތުން ތިބީ ކައުންސިލްގެ ފަރާތުން ލިބޭނެ ކުރިއެރުންތަކަށް ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)