ޚަބަރު

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ސާމާނު ދަރަނބޫދޫއަށް ގެނެސްފި

5 މަސް ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
619274313 1496432169153385 2727610519771307712 n
Liyuntherikan
ID Card
އިޝްތިހާރު

ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ ”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ ދަށުން ދަރަނބޫދޫ ސްކޫލް އޭސީކުރުމަށް ބޭނުންވާ ސާމާނު މިއަދު ގެނެސްފިއެވެ.

ދަރަނބޫދޫ ސްކޫލުން މިއަދު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ސްކޫލްގެ ކްލާސް ރޫމްތައް އޭސީކުރުމަށް ހީޓާޗީ ބްރޭންޑްގެ 18000 ބީޓީޔޫގެ 18 އޭސީވަނީ މިއަދު ގެނެވިފައެވެ. އަދި މި އޭސީތައް ކްލާސް ރޫމުތަކުގައި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭސީތައް ހަރުކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވަނީ ފެނަކަ ކުންފުންޏަށްކަމަށް ސްކޫލުންވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ރަށްރަށަށް ބޭނުންވާ އޭސީތައް ހޯދައި ސަޕްލައި ކުރުމަށް ހަވާލު ކުރެވިފައިވަނީ އެސްޓާރސް ކުންފުންޏާއެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 3،704 ކުލާސް ރޫމެއް އޭސީކުރުމަށް ހަމަޖެހިފައިވާއިރު އެސްޓާރސްއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 58.4 މިލިއަން ރުފިޔާއަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް 2 އަހަރުތެރޭ އޭސީކުރުމަށް 2024 ވަނަ އަހަރު ޖޫންމަހު ފެށި މި ޕްރޮޖެކްޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ދެއްކެވި ވާހަކަފުޅުގައި މިއީ ”ފިނިކުރުމަކުން“ ނިންމާލަން ކުރައްވާ ކަމެއް ނޫންކަމަށާއި މި ޕްރޮޖެކްޓާއެކު ދަރިވަރުންގެ އުޅުމާއި ސުލޫކަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)