ޚަބަރު

ވޭސްޓް މެނޭޖްމަންޓް ސެންޓަރ ގާއިމްކުރުމަށް ވެމްކޯއިން ދަރަނބޫދޫއަށް

9 މަސް ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
548263620 24815203711446656 7029370481352516757 n
ID Card
Liyuntherikan
އިޝްތިހާރު

ދަރަނބޫދޫގައި އުފެދޭ ކުނި މެނޭޖްކުރުމާއި ގުޅޭ ސައިޓްގެ މަސައްކަތް ކުރުމަށް ވެމްކޯގެ ޓީމެއް ޙަރަކާތްތެރިވާން ފަށައިފިއެވެ.

ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ދަރަނބޫދޫގެ ކުނީގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ މިއަހަރު ވެމްކޯއާއި މަސައްކަތް ހަވާލު ކޮށްފައެވެ. އެކަމާއި ގުޅިގެން ވެމްކޯގެ ފަރާތުން ޓީމެއް މިއަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު ދަރަނބޫދޫއަށް ވަޑައިގެން ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމްކުރާ ސައިޓް ބަލައި، ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

497442773 1010721171246710 2576572825771286144 n
މެއިމަހު ވެމްކޯއިން ކައުންސިލާއި ބައްދަލުކުރަނީ | ފޮޓޯ؛ ދަރަނބޫދޫ ކައުންސިލް

ވެމްކޯއިން މިއަދުވަނީ ވެހިކަލްތަކާއެކު ދަރަނބޫދޫއަށް އަރައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ސާފުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 21 ވަނަ ދުވަހު، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށަށް ވަޑައިގެން މި ސެންޓަރުގައި ބިންގާ އަޅުއްވާ ދެއްވާނެއެވެ.

ދަރަނބޫދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމްކުރުމަށް ނިންމާފައިވަނީ މިހާރުވެސް ކުނި ޖަމާކުރާ ސަރަޙައްދުގައެވެ. މި ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯގެ ޓީމު ރަށުގައި ހަރަކާތްތެރިވާން ފެށުމާއެކު ކައުންސިލުން މިއަދުވަނީ މި ސަރަޙައްދުގައިހުރި އަމިއްލަ ފަރާތްތަކުގެ ރުއްތަކުގެ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.

އަމިއްލަ ފަރާތްތަކުގެ ރުއްތަކުގެ ބަދަލު ދިނުމުގެ ކަންކަން ކުރިއަށްދާއިރު، ކައުންސިލުން ބުނެފައިވާ ގޮތުގައި އެކަމަށް އެދި ދޫކުރާ ފޯމު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ހުށަހަޅަންޖެހޭނެއެވެ. އަދި މި މުއްދަތާއިހަމައަށް ހުށަހާޅާފައިނުވާ ރުއްތައް ބަދަލު ދިނުމެއްނެތި ނައްތާލާނެކަމަށް ކައުންސިލްގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)