ޚަބަރު

މަގޫދޫ ކައުންސިލުން އެރަށު ސްކޫލް އޭސީކޮށް ކޮމްޕިއުޓަރު ހަދިޔާކޮށްފި

1 އަހަރު ކުރިން ދަނިއުސްދަނިއުސް
3512
Liyuntherikan
ID Card
އިޝްތިހާރު

ފ. މަގޫދޫ ސްކޫލުގެ ހުރިހާ ކްލާސް ރޫމެއް އޭސީކޮށް އެ ސްކޫލުގެ ކޮމްޕިއުޓަރު ލެބަށް ބޭނުންވާ ހުރިހާ ކޮމްޕިއުޓަރެއް ފ. މަގޫދޫ ކައުންސިލުން ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއްވެސް އިއްޔެ ވަނީ ބާއްވާފައެވެ.

ޖުމުލަ 217 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ މަގޫދޫ ސްކޫލުގައި 12 ކުލާސް ރޫމެއް ހުރެއެވެ. މި ކުލާސްތައް އޭސީކުރުމަށް 24 އޭސީ ބޭނުންވާއިރު ކޮމްޕިއުޓަރު ލެބަށް 30 ކޮމްޕިއުޓަރު ސިސްޓަމްވަނީ ހަވާލުކޮށްފައެވެ. މިއީ މަގޫދޫގެ ދަރިންގެ ތަޢުލީމަށް އެރަށު ކައުންސިލުން ދެއްވާ އަހަންމިއްޔަތުކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމެކެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ދަނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީތައް ހަދިޔާކުރުމަށްފަހު އެކައުންސިލުންވަނީ އޭސީތައް ހަރުކުރުމުގެ އިންތިޒާމްވެސް ފަހިކޮށްދީފައެވެ. ކުލާސް ރޫމްތަކުގައި އޭސީތައް ހަރުކުރުމަށް ޒަމާނީ ފެންވަރަށް ކުލާސްރޫމްތަކަށް ބަދަލު ގެންނަންޖެހޭއިރު އެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ފެނަކައިންނެވެ.

މަގޫދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ ބްރާންޗުގެ އިޖްތިމާއީ ޒިންމާގެ ދަށުން މުޅިން ހިލެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކުލާސް ރޫމްތަކުގެ ސީލިންގތައް ބަދަލުކޮށް އޭސީ ހަރުކުރުމުގެ މަސައްކަތްތައް ރަސްމީކޮށް މަގޫދޫ ފެނަކަ މުވައްޒަފުން ފަށާނެއެވެ.

ރަށެއްގެ ތަރައްޤީއަށް ކައުންސިލަކުން އިސްނަގައިގެން ކުރެވޭނެ މިފަދަ އެތައްކަމެއް މަގޫދޫ ކައުންސިލުން އިސްނަގައިގެން ކޮށްފައިވާކަން އެރަށަށް ޒިޔާރަތްކޮށްލުމުންނާއި އެކައުންސިލްގެ ރަސްމީ މީސްމީޑިއާ ބަލާލުމުން ވަރަށް ސާފުކޮށް ފެނެއެވެ. މަގޫދޫއިން ފެނިގެންދާ ނަމޫނާއަކީ، ސަރުކާރުން ކަމެއް ކޮށްދެއްވާނެކަމަށް ބަލައިގެން އާދޭސް ދަންނަވައިގެން ތިބުމުގެ ބަދަލުގައި ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރެވެން ހުންނަ އެކިއެކި މަސައްކަތްތައް ކުރުމެވެ. މިއީ އެހެން ކައުންސިލްތަކުންވެސް ނަމޫނާއަކަށް ބަލަންޖެހޭ ވަރުގެ ކައުންސިލެއް ކަމުގައި ވަރަށް ގިނަ މީހުންވަނީ ޝުއޫރު ފާޅުކޮށްފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)