ޚަބަރު

ސޮއި ފޯޖުކޮށް ޕީއެންސީއަށް ވެއްދި މައްސަލަ ބަލަން ޚަލީލު ސޯ ގޮވާލައިފި

1 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Feature
Liyuntherikan
ID Card
އިޝްތިހާރު

ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށްޓަކާ އެމްޑީޕީގެ މެމްބަރުންނަށް އެނގުމެއްނެތި އެމީހުންގެ ސޮއި ވަގަށް ނަގައިފައިވާކަމަށް އިބްރާހީމް ޚަލީލް (ޚަލީލްސޯ) ތުހުމަތު ކޮށްފިއެވެ.

ޚަލީލް އިއްޔެ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް އެމްޑީޕީގެ ”ހާޑު މީހުން“ނަށް އެނގުމެއްނެތި އެމީހުންގެ ސޮއި ފޯޖުކޮށްގެން ވައްދަމުން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ޚުދު އޭނާއަށްވެސް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

”….އަޅުގަނޑަކީ އެމްޑީޕީ އުފެދުނީއްސުރެ މިއަދާއި ހަމައަށް އެމްޑީޕީގައި ދެމިހުރި މީހެއް. އަދި ކުރިއަށް އޮތްތަނުގައިވެސް ދެމިހުންނާނީ އެމްޑީޕީގައި..“

ޕީއެންސީ ބަޔަކު އިސްވެ ޚަލީލް އެޕާޓީއަށް ވައްދާފައިވާ މައްސަލައިގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުން އޭނާވަނީ، އެމައްސަލަ ބަލައި ހައްލުކުރުމަށް އިލެކްޝަނަށް ގޮވާލާފައެވެ.

އެމްޑީޕީގެ ހާޑުކޯރ މެމްބަރެއް ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވަމުން ގެންދަވާ ޚަލީލް އެޕާޓީން ވަކިކޮށް ޕީއެންސީއަށް ވައްދާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އިލެކްޝަން ކޮމިޝަނުންވަނީ އެފަދަ ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް ބުނެފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)