ޚަބަރު

ރޯކުނި އަޅާ ސަރަޙައްދަށް ރަށު ކައުންސިލުން ބަދަލު ގެނެސްފި

1 އަހަރު ކުރިން ދަނިއުސްދަނިއުސް
Gonduq
Liyuntherikan
ID Card
އިޝްތިހާރު

ދަރަނބޫދޫގައި މިހާރު ރޯކުނި އަޅަމުން އަންނަ ސަރަޙައްދަށް ބަދަލު ގެނެސްފައިވާކަން ދަރަނބޫދޫ ކައުންސިލުން އާންމު ކޮށްފިއެވެ. ކުރިން ރޯކުނި އަޅައި އަންދަމުން ގޮސްފައިވަނީ މިހާރުގެ ކުނި ގޮނޑާއި ދިމާލުން އަތިރިމަތީ ހިއްކާފައިވާ ބިމުގައެވެ.

އެހެންނަމަވެސް އިއްޔެ ދަރަނބޫދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ރަށުގެ ދެކުނު ފަރާތު އަތިރިމަތިން ހިއްކާފައިވާ ސަރަޙައްދަކީ މިހާރު ރޯކުނި ނާޅާ ސަރަޙައްދެއް ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި، އެ ސަރަޙައްދަށް ދެން އެޅުމަށް ޚާއްސަ ކުރެވިފައިވަނީ ގަލާއި ވެއްޔެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ކައުންސިލުން ގެނެސްފައިވާ މިބަދަލާއި ގުޅިގެން ދެން ރޯކުނި އަޅަމުން ގެންދަންޖެހެނީ މިހާރު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އިތުރުކޮށްފައިވާ ކުނި އަންދާ ސަރަޙައްދުގެ ދެކުނު އޮތް ސަރަޙައްދަށެވެ.

ދަރަނބޫދޫއަކީ އެރަށުގައި އުފެދޭ އެކިބާވަތުގެ ކުނި ނައްތާލުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމްކުރެވިފައިނުވާ ރަށެކެވެ. ރަށުގެ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ބުނަމުން އަންނަ މި މައްސަލައަށް ރަނގަޅު ޙައްލެއް ހޯދުމަށް ކައުންސިލްގެ ހުރިހާ ދައުރެއްގައިވެސް އެކި މަސައްކަތްތައް ކުރެވިފައި ވީނަމަވެސް މިކަމަށް އަލިމަގެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)