ޚަބަރު

ދަނޑުވެރިންގެ ގުޅުމުގެ ހިންގާ ކޮމެޓީ އެކުލަވާލައިފި

1 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
ޑޑޑ1
Liyuntherikan
ID Card
އިޝްތިހާރު

ދަރަނބޫދޫ ދަނޑުވެރިންގެ ގުޅުމުގެ ހިންގާ ކޮމެޓީ އެކުލަވާލައިފިއެވެ. އެ ޖަމްޢިއްޔާގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމެޓީގެ އިންތިޚާބު ކުރުމަށް ޖަމްޢިއްޔާގެ އާންމު ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭގައެވެ.

ތިން އަހަރުގެ މުއްދަތަށް އިންތިޚާބުކުރެވޭ މި ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގައި ހިމެނެނީ ރައީސަކާއި ނާއިބު ރައީސަކާއި ޚަޒާންދާރަކާއި ސެކްރެޓަރީއެއްގެ އިތުރުން އިތުރު 3 މެމްބަރުންނެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ޖަމްޢިއްޔާގެ ހިންގާ ކޮމެޓީއަށް މެމްބަރުން ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން އިންތިޚާބު ކުރެވޭ މަޤާމުތަކުގެ ތެރެއިން އިތުރު މެމްބަރުކަމަށް ފިޔަވައި ކޮންމެ މަޤާމަކަށް ކުރިމަތި ލެއްވީ އެއް ފަރާތުން ކަމުގައިވާތީ އެފަރާތްތައްވަނީ އޮޓޯއިން މަޤާމުތަކަށް ހޮވިފައެވެ. އިތުރު މެމްބަރުކަމަށް ހަތަރު ފަރާތަކުން ކުރިމަތި ލެއްވިއިރު، އޭގެ ތެރެއިން 3 ފަރާތެއްވަނީ މި ބައްދަލުވުމުގައި އިންތިޚާބު ކުރެވިފައެވެ.

ދަރަނބޫދޫ ދަނޑުވެރިންގެ ގުޅުމުގެ ހިންގާ ކޮމެޓީ އެކުލަވާލެވިފައިވާގޮތް:

Ddg2025
ދަރަނބޫދޫ ދަނޑުވެރިންގެ ގުޅުމުގެ ހިންގާ ކޮމެޓީ | ދައުރު 1

ދަރަނބޫދޫ ދަނޑުވެރިންގެ ގުޅުމަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާއެކެވެ. މިއީ ދަރަނބޫދޫ ދަނޑުވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ދަނޑުވެރިކަމުގެ ބާވަތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ދަނޑުވެރިން ގުޅިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)