ޚަބަރު

ރައްޔިތުންގެ ހާލުބެލުމަށް ކައުންސިލަރުން ދޮރުންދޮރަށް

1 އަހަރު ކުރިން ދަނިއުސްދަނިއުސް
Cou
Liyuntherikan
ID Card
އިޝްތިހާރު

ދަރަނބޫދޫގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެލުމަށް ދަރަނބޫދޫ ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް ފައްޓައިފިއެވެ.

ގޭގެއަށް ކުރަމުންދާ މި ޒިޔާރަތުގައި ކައުންސިލަރުންނާއެކު ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްވެސް ގެންދަވަނީ ބައިވެރިވަމުންނެވެ. މިއަދު ދަރަނބޫދޫ ކައުންސިލުން މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުގައި ދަންނަވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ ޙާލު ބެލުމުގެ އިތުރުން ގޯތި ގެދޮރުގެ ސާފުތާހިރުކަން ބެލުމުގެ މަސައްކަތާއި، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ބައެއް މަޢުލޫމާތުތައް ދެވޭނެއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ރައްޔިތުންގެ ހާލުބެލުމަށް ކައުންސިލަރުން ރަސްމީ ސިފައެއްގައި ގޭގެއަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް ދަރަނބޫދޫގައި ކުރިއަށް ގެންދާ މިއީ ފުރަތަމަ ފަހަރެވެ.

ޕްރޮގްރާމާއި ބެހޭގޮތުން ދަރަނބޫދޫ ކައުންސިލްގެ ވަގުތީ އެސްޖީ އަޙްމަދު އާމިރު ވިދާޅުވީ، ގޭގެއަށް ކުރަމުންދާ ޒިޔާރަތުގައި އަދި ގިނަ ގޭގެއަށް ޒިޔާރަތް ނުކުރެވޭކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ އެއްބާރުލުން ރަނގަޅަށް ލިބެމުންދާ ކަމަށާއި މި ޕްރޮގްރާމްގައި ހުރިހާ ގޭގެއަކަށްވެސް ޒިޔާރަތް ކުރެވޭނެކަމަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)