ޚަބަރު

މާހެފުމަށް ބޭނުންކުރާ ބައެއްތަކެތި އޭކްސް އިން ހަދިޔާކޮށްފި

1 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Couaxe
Liyuntherikan
ID Card
އިޝްތިހާރު

1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންގެ މާހެފުމަށް ބޭނުންކުރެވޭނެ ބައެއް ތަކެތި ފ. ދަރަނބޫދޫ އޭކްސް ސްޕޯޓްސް ކުލަބުގެ ފަރާތުން ދަރަނބޫދޫ ކައުންސިލަށް ހަދިޔާކޮށްފިއެވެ.

މިކަމާއި ގުޅިގެން ދަރަނބޫދޫ ކައުންސިލުން މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓްގައި ހާމަކުރައްވާފައިވާ ގޮތުގައި މާހެފުމަށް ބޭނުންކުރެވޭނެ އުލާއި ސަމުސާތަކެއް އެކުލަބުން ކައުންސިލާއި ޙަވާލުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުގައެވެ. ކައުންސިލުންވަނީ އެތަކެތި ހަދިޔާ ކޮށްދެއްވާފައިވާތީ އޭކްސް ކުލަބަށް ޝުކުރު އަދާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންގެ މާހެފުން ނަމުގައި ދަރަނބޫދޫ ކައުންސިލުން ބޮޑު މާހެފުމެއް އިންތިޒާމް ކުރައްވައެވެ. މިއީ ދަރަނބޫދޫ ކައުންސިލް އިސްވެ ދަރަނބޫދޫގެ އެހެން މުވައްސަސާތަކުގެވެސް ބައިވެރިވުމާއެކު ކުރިއަށް ގެންދާ އަދި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ޙަރަކާތެކެވެ.

ދަރަނބޫދޫގައި ކުރިއަށް ގެންދާ މިޙަރަކާތުގައި ރަށުގައި އެވަގުތެއްގައި ދިރިއުޅެމުން ގެންދާ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވާކަން ފާހަގަކުރެވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)