ޚަބަރު

އުމުރުން 17 އަހަރުގައި ރީޙާން އިމާމުވެ ހުކުރު ނަމާދުކޮށްފި

1 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
Reehaan
Liyuntherikan
ID Card
އިޝްތިހާރު

އުމުރުން އެންމެ 17 އަހަރުގައި ޚުޠުބާ ދެއްވުމުގެ ޝަރަފް ފ. ދަރަނބޫދޫ އުދަރެސް، ރީޙާން އިސްމާޢިލް ހޯދައިފިއެވެ.

ރީޙާން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން އިސްވެ ކުރިއަށް ގެންދާ ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އެއާއެކު މިސްކިތްތަކުގައި އިމާމުގެ ހުކުރު ނަމާދު ކުރުމުގެ އިތުރުން ޢީދު ނަމާދާއި ކޭތަ ނަމާދު ކުރުމުގެ ހުއްދަ އޭނާއަށްވަނީ ލިބިފައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މި ހުއްދައިގެ ދަށުން ރީޙާންވަނީ 2024 ވަނަ އަހަރުގެ ފަހު ހުކުރު ދުވަހު، ދަރަނބޫދޫ ތަޤުވާ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާފައެވެ. އަޑުއަހާލަން ފަސޭހަ ބަސްމޮށުންތެރިކަން ރީތި ހިތްގައިމު އަޑަކުން މުޅި ޚުތުބާ ފަސޭހަކަމާއެކު އިއްވާދީފައިވާއިރު، ރީޙާންގެ ޤުރުއާން ކިޔެވުންވެސް އެހާ ރީތިކަން ގިނަބަޔަކު ފާހާގަކުރިއެވެ.

ރީޙާން ހޯދި ކާމިޔާބީ ފާހަގަކޮށް ދަރަނބޫދޫ ކައުންސިލުންވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި ރަށުގެ ގިނަބަޔަކުވަނީ މީސްމީޑިއާގައިވެސް ރީޙާންގެ ކާމިޔާބީ ފާހަގަކޮށް މަރުޙަބާ ކިޔާފައެވެ.

ރަށްރަށުގައި އިމާމުވެ ހުކުރު ނަމާދުކުރާނެ މީހުން މަދުވެފައިވާ މައްސަލައަށް ޙައްލެއް ހޯދުމުގެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީން ފައްޓަވައިފައިވާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ ދަށުން ދަރަނބޫދޫގެ އިތުރު ކުއްޖަކު (މައީޝް މަޙްމޫދު) މީގެކުރިންވަނީ ހުއްދަ ޙާސިލްކޮށް އިމާމުވެ ހުކުރު ނަމާދު ކުރައްވާފައެވެ. މައީޝްވެސް އެކާމިޔާބީ ޙާސިލް ކޮށްފައިވަނީ އޭނާގެ އުމުރުން 17 އަހަރުގައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)