ޚަބަރު

އެމްޕީ ސައުދާ ދަނޑުވެރިކަމާއިބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Saudha2
Liyuntherikan
ID Card
އިޝްތިހާރު

ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާއާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު އެ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި ނިލަންދޫ ދާއިރާގައި، ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތާއި ނިލަންދޫ ދާއިރާގައި ދަނޑުވެރިކަން ކުރިއަރުވައި ރައްޔިތުންނަށް އެއިން ނަފާ ހޯދޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް މެމްބަރު ސައުދާ ވިދާޅުވިއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

އެމްޕީ ސައުދާ ވަޒީރާ ބައްދަލު ކުރެއްވުން

މި ބައްދަލުވުމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ދަނިއުސް އިން މެމްބަރު ސައުދާއަށް ގުޅުއްވުމުން ވިދާޅުވީ، ބައްދަލުވުމާއި ގުޅޭ އިތުރު މަޢުލޫމާތު ވަގުތު ޖެހުމުން ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ހާމަކުރައްވާނެ ކަމަށެވެ.

ނިލަންދޫ ދާއިރާއަކީ މި ސަރަހައްދުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދައި މާކެޓަށް ނެރުމުގައި ފާހަގަކޮށްލެވޭ ދާއިރާއެކެވެ. އަދި މިދާއިރާއަކީ ޒުވާން ދަނޑުވެރިން ގިނަ ދާއިރާއެއްކަން ފާހަގަކޮށްލެވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)