އިޓަލީގެ ބިކޯކާ ޔުނިވަރސިޓީ އާއި އިންޓަރ މިލާންގެ “ޕްލެއިން ވިތް ކޮރަލްސް” ޕްރޮޖެކްޓް ފ އަތޮޅުގައި ފަށައިފި

Dhanews Logo

އިޓަލީގެ ބިކޯކާ ޔުނިވަރސިޓީ އާއި އިންޓަރ މިލާންގެ “ޕްލެއިން ވިތް ކޮރަލްސް” ޕްރޮޖެކްޓް ފ އަތޮޅުގައި ފަށައިފި

Photo 2024 05 07 02 33 02

އިޓަލީގެ ބިކޯކާ ޔުނިވަރސިޓީ އާއި އިންޓަރ މިލާންގެ “ޕްލެއިން ވިތް ކޮރަލްސް” ޕްރޮޖެކްޓް ފ އަތޮޅުގައި ފަށައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ޕްލެއިން ވިތް ކޮރަލްސް ގެ ނަމުގައި ވަރަށްތަފާތު އަދި ބޮޑު ޕްރޮޖެކްޓެއް ފ އަތޮޅުގައި މިއަދު ފަށައިފިއެވެ. މިއީ ކުޑަކުދިންނަށް ޚާއްސަ ފުޓްބޯޅަ ޕްރޮގްރާމެއްގެ ތެރެއިން މޫސުމާއި ކަނޑުފަޅުގެ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މިއީ އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާ އާއި ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަން އަދި ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ކުލަބް އިޓަލީގެ އިންޓަރ މިލާން ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އިއްޔަ ހަވީރު މަގޫދޫ އިޖްތިމާޢީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ފެށި ޕޮރޮޖެކްޓަކީ 2 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމުތަކެކެވެ.

ޕްލެއިން ވިތް ކޮރަލްސް ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މަގޫދޫގައި ހުންނަ ބިކޯކާ ޔުނިވަރސިޓީގެ މެރައިން ރިސަރޗް އެންޑް ހަޔަރއެޑިއުކޭޝަން ސެންޓަރާއި އިންޓަރ މިލާންގެ އިންޓަރ ކެންޕަސް ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ޕްރޮގްރާމްތައް ވިލަރެސްކޮށް އިންތިޒާމް ކުރަނީ އަތޮޅުގެ ސްކޫލް މަދަރުސާތަކާއި ރައްރަށުގެ ކައުންސިލްތަކުގެ އެހީތެރިކަމާއެކު ފ އަތޮޅު ކައުންސިލުންނެވެ. މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން އެންޑޯސް ކޮށްފައިވާ ޕްރޮގްރާމެކެވެ.

ޕްލެއިން ވިތް ކޮރަލް ޕޮރޮޖެޓްގައި މައިގަނޑު 2 ބާވަތެއްގެ ހަރަކާތްތަކެއް، ކުޑަކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދެވޭނެއެވެ. މީގެ ތެރެއިން އެއްހަރާކަތަކީ ކަނޑުފަޅާއި އެތަންތާގެ ދިރުންތަށް ހިމާޔަތްކޮށް، ރައްކާތެރިކޮށް ދިރުވާ އާލާކުރުމާއި ގުޅޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަމާއި ގުޅޭ ހުނަރުތައް ދަސްކޮށްދިނުމެވެ. ދެވަނަ ބަޔަކީ ފުޓްބޯޅަކުޅުމުގެ ހުނަރުތަށް ކުދިންނަށް އުނގަންނައި ދިނުމާއި ކުޅިވަރުގެ ތެރެއިން ފަރުދީ އަދި އިޖުތިމާޢި ހުނަރުތަށް ދަސްކޮށްދިނުމެވެ.

މި ޕްރޮޖެކްޓްގައި މައިގަނޑު 2 ބައެއް ކުރިއަށްދާނެއެވެ. މިގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ ރައްރަށުގައި ކުދިންނަށް ހިންގާ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ޓްރޭނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެވެ. މީގެ ފުރަތަމަބުރު މި މޭމަހު 7 – 12 އަށް ކުރިއަށް ގެންދެވޭނެއެވެ. މި ޕްރޮގްރާމްގައި އަތޮޅުގެ ކޮންމެ ރަށަކުން 4 ޓްރެއިނަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ. އެއަށްފަހު ބިކޯކާ ޔުނިވަރސިޓީ އާއި އިންޓަރ ކެންޕަސްގެ ބެލުމުގެ ދަށުން އެފަރާތުން ތައްޔާރުކޮށްފައިވާ ޕްރޮރާމްތައް ރައްރަށުން ޕްރޮގްރާމަށް ނަގާފައިވާ ކުދިންނަށް ކުރިއަށްގެންދާނީ މި ޓްރެއިނަރުން މެދުވެރިކޮށެވެ. މި ޕްރޮގްރާމްގައި ކޮންމެ އަހަރަކު ކޮންމެ ރަށަކުން 20 ކުދިން ބައިވެރިކުރާނެއެވެ. އެއީ 15 ފިރިހެންކުދިންނާއި 5 އަންހެން ކުދިންނެވެ.

އިންޓަރ ކެންޕަސްގެ ތަޖުރިބާކާރުންނާއިއެކު ކުޑަކުދިންނަށް ފުޓްބޯޅަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި، ބިކޯކާ ޔުނިވަރސިޓީގެ މެރައިން ބައޮލޮޖިސްޓުންނާއިއެކު ފަރުތަކުގެ ތިމާވެއްޓާއި ބެހޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ފުރުސަތަކީ އަތޮޅުގައި ކުޑަކުދިންގެ ތަރަށްޤީއަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދާ ވަރަށް އަގުހުރި ހުރުސަތަކަށް ވެގެންދާވެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި