ޚަބަރު

ސައުދާގެ ކާމިޔާބީ ފާހަގަކުރުމަށް ދާއިރާގެ ދެރަށުގައި ހަވާއަރުވަނީ

2 އަހަރު ކުރިން ދަނިއުސްދަނިއުސް
663eff98 7b47 4d7f B24c 26c04c41bff3
Liyuntherikan
ID Card
އިޝްތިހާރު

އިއްޔެ ބޭއްވުނު ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ނިލަންދޫ ދާއިރާގެ ދެރަށުގައި ހަވާއަރުވަން ނިންމައިފިއެވެ.

ނިލަންދޫ ދާއިރާގައި ހިމެނޭ ނިލަންދޫ އަދި ދަރަނބޫދޫގައި ހަވާއެރުވުމަށް ނިންމާފައިވާއިރު، ދެރަށުގައިވެސް އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ 21:30 ގައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މަޖިލިސް އިންތިޚާބުގައި ސައުދާއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެކަމަނާ މިމަހުގެ 25 ވަނަ ދުވަހު އެކަމަނާ ނިލަންދޫ ދާއިރާއަށް ވަޑައިގަތުމަށްވަނީ ނިންމަވާފައެވެ. އެގޮތުން 25 ވަނަ ދުވަހު ދަރަނބޫދޫއަށް ވަޑައިގެން އެދުވަހުގެ ހަވީރާއި ހަމައަށް ހުންނަވާނީ ދަރަނބޫދޫގައެވެ. އެދުވަހުގެ ރޭގަނޑު ނިލަންދޫގައި ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފައިވާއިރު، ދެރަށުގެ ގޭގެއަށްވެސް އެކަމަނާ ވަޑައިގަންނަވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިދަތުރުފުޅުގައި އެކަމަނާގެ އާއިލާގެ ބޭފުޅުންވެސް ބައިވެރިވެލައްވާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ސައުދާ ކާމިޔާބު ކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ. މި ނަތީޖާއާއެކު ސައުދާ ވެފައިވަނީ މިދާއިރާގެ މަޖިލިސް އިންތިޚާބު އެންމެ ބޮޑު ފަރަގަކުން ކާމިޔާބު ކުރެއްވި ކެންޑިޑޭޓްގެ ގޮތުގައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)