ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ސައުދާ ކާމިޔާބު ކުރައްވައިފި

Dhanews Logo

ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ސައުދާ ކާމިޔާބު ކުރައްވައިފި

391222 3 C858ceec8e4a8f38491b73c44f439d9535fe0fe7 Large

ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ސައުދާ ކާމިޔާބު ކުރައްވައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާ ކާމިޔާބު ކުރައްވައިފިއެވެ. ސައުދާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ މިދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވި އަޙުމަދު ރަޝީދާ ވާދަކުރައްވައިގެން ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ވަކިކުރެވުނުފަހުން، މިހާ ތަފާތު ބޮޑު ނަތީޖާއަކުން ނިލަންދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިދާއިރާއަށް ވޯޓުލުމަށް މުޅި ރާއްޖޭގައި 72 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. މިހުރިހާ ފޮއްޓެއްވެސް ގުނައި ވަގުތީ ނަތީޖާ އާންމު ކުރައްވާފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ސައުދާއަށްވަނީ 1137 ވޯޓު ލިބިފައެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ރަޝީދަށް ލިބިފައިވަނީ 620 ވޯޓެވެ. އެއީ ސައުދާއަށް ލިބިފައިވާ ވޯޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު އަދަދެކެވެ.

މި އިންތިޚާބުގައި ދާއިރާގެ މައި ރަށް ނިލަންދޫގައި 2 ވޯޓު ފޮށި ބެހެއްޓިއިރު، ދެފޮށިންވެސް ތަފާތު ބޮޑުކޮށް ކުރި ހޯދީ ސައުދާއެވެ. ނިލަންދޫގައި ބެހެއްޓުނު ދެފޮށިން ސައުދާވަނީ 522 ވޯޓު ހޯދާފައެވެ. އަހުމަދަށް އެ ދެފޮށިން ލިބުނީ 342 ވޯޓެވެ. މިދާއިރާގެ ދަރަނބޫދޫއިން ސައުދާ 193 ވޯޓު ހޯއްދެވިއިރު އަހުމަދަށް ލިބުނީ އެންމެ 53 ވޯޓެވެ.

މި ނަތީޖާއާއެކު ސައުދާއަށްވަނީ ތަފާތު ކާމިޔާބީތަކެއް މި އިންތިޚާބުގައި ޙާސިލްކުރެވިފައެވެ. އެގޮތުން މިއީ މި ދާއިރާގެ އިންތިޚާބު އަންހެން ބޭފުޅަކު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ ނިލަންދޫ ދާއިރާގެ އިންތިޚާބު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެވިފައިވާ ފަހަރެކެވެ. މީގެ އިތުރުން މިއީ ދާއިރާއަށް ނިސްބަތްނުވާ ބޭފުޅަކު މި އިންތިޚާބު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރުވެސް މެއެވެ.

ނިލަންދޫ ދާއިރާގެ މަޖިލިސް އިންތިޚާބު ސައުދާ ކާމިޔާބުކުރެއްވުމާއެކު އެކިއެކި ފަރާތްތަކުން ގެންދަވަނީ އެކަމަނާއަށް މަރުހަބާ ދަންނަވަމުންނެވެ. އަދި ދާއިރާގެ ދެރަށުގައިވެސް އަންނަނީ އެކަމުގެ އުފާފާޅުކުރުމަށް ތައްޔާރުވަމުންނެވެ.

ޙިއްސާ ކުރައްވާ:

One Response

ގުޅުންހުރި