ޚަބަރު

ފުއްޓަރު ސްޕޯސްޓް ކުލަބުން ސްކޫލާއެކު 5 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

2 އަހަރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
Futtaruds
ID Card
Liyuntherikan
އިޝްތިހާރު

ކޮންމެ އަހަރެއްގެ ރަމަޟާން މަހު ދަރަނބޫދޫ ސްކޫލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މަދަޙަ މުބާރާތާއި ގުޅޭގޮތުން ފުއްޓަރު ސްޕޯޓްސް ކުލަބުން ދަރަނބޫދޫ ސްކޫލާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ދަރަނބޫދޫ ސްކޫލުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ޙަސަން އާދަމެވެ. ފުއްޓަރު ސްޕޯޓްސް ކުލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވި އެކުލަބުގެ ރައީސް އިމްރާން އަޙްމަދެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި އެއްބަސްވުމުގައި ބުނެފައިވާގޮތުން ކުރިއަށް އޮތް 5 އަހަރު ދަރަނބޫދޫ ސްކޫލްގެ މަދަޙަ މުބާރާތް އިންތިޒާމްކޮށް ހިންގާނީ ފުއްޓަރު ސްޕޯޓްސް ކުލަބުންނެވެ. މީގެ އިތުރުން މިމުބާރާތުގެ އިނާމުތަކަށް ފައިސާ ހަމަޖައްސައި ދިނުމާއި، މުބާރާތަށް ބޭނުންވާ ޓްރޮފީތައް ހޯދައި ދިނުމާއި، މުބާރާތުގެ ސްޓޭޖް ބެކްޑޮރޮޕް ހެދުމާއި، ފަނޑިޔާރުންގެ ޚަރަދުތަކާއި، މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ޓްރެއިނިންގ ސެޝަންތަކެއްވެސް ފުއްޓަރު ސްޕޯޓްސް އިން ހަމަޖައްސައި ދިނުމަށް އެއްބަސްވެފައިވާނެކަމަށް އެކުލަބުންވަނީ ހާމަކުރައްވާފައެވެ.

ފުއްޓަރު ސްޕޯޓްސް ކުލަބަކީ މިދިޔަ އަހަރު ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. މި ޖަމްޢިއްޔާއިން އަންނަނީ ކުޅިވަރުގެ އިތުރުން، އިޖްތިމާޢީ އެކިއެކި ދާއިރާތަކުން ޚިދުމަތް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)