ޚަބަރު

އިންތިޚާބަށްފަހު ވަޒީފާއިން ކަނޑާލާ މީހުންގެ ލިސްޓެއް ނުގެންގުޅެން: ސައުދާ

2 އަހަރު ކުރިން ދަނިއުސްދަނިއުސް
Sau001
ID Card
Liyuntherikan
އިޝްތިހާރު

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު ވަޒީފާގެ ޒިންމާތަކުން ”އެހެލަން“ ނުވަތަ ވަޒީފާއިން ކަނޑާ އުކާލާ މީހުންގެ ލިސްޓެއް ނުގެންގުޅުއްވާކަމަށް ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.

ސައުދާ މިފަދައިން ވިދާޅުވެފައިވަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ ރަސްމީ ފޭސްބުކް ހޭންޑަލްއެއްގައި ހުށަހެޅުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

”އަޅުގަނޑަކީ އަޅުގަނޑަށް އެނގިގެން އެއްވެސް މީހަކަށް އަޅުގަނޑުގެ ފަރާތުން އަނިޔާއެއް ލިބޭކަށް ބޭނުންވާ މީހެއްނޫން!

ސައުދާ އިތުރަށް ވިދާޅުވެފައިވަނީ އިންތިޚާބަށޭ ކިޔާފައި މީހަކަށް ވަޒީފާ ދީފައި އަދި އިންތިޚާބު ނިމުނީމައި އެމީހާ ވަޒީފާއިން ކަނޑާލުން އެއީ އެކަމަނާ ގަބޫލުކުރާ އުސޫލެއްވެސް ނޫން ކަމަށާއި، އަދި އެއީ ކަން ކުރާނޭ ގޮތެއްވެސް ނޫންކަމަށެވެ.

ސައުދާ މިވަގުތު ގެންދަވަނީ ނިލަންދޫ ދާއިރާގެ ދެ ރަށަށް ވަޑައިގެން ތާއީދު ހޯދުމުގެ ގޮތުން ކެމްޕެއިން ޙަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ދާއިރާގެ ދެރަށުގެ ގޭގެއަށް ޑޯޓުޑޯ ޒިޔާރަތްތައް ކުރިއަށް ގެންދާނެކަމަށް ކެމްޕެއިން ޓީމުންވަނީ ހާމަކުރައްވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)