މައީޝް ތާރީޚުގެ ތެރެއަށް: ދަރަނބޫދޫގެ އެންމެ ޒުވާން ޚަތީބު

Dhanews Logo

މައީޝް ތާރީޚުގެ ތެރެއަށް: ދަރަނބޫދޫގެ އެންމެ ޒުވާން ޚަތީބު

434643670 934598628670078 8868042774035630413 N (1)

މައީޝް ތާރީޚުގެ ތެރެއަށް: ދަރަނބޫދޫގެ އެންމެ ޒުވާން ޚަތީބު

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

އުމުރުން އެންމެ 17 އަހަރުގައި ޚުޠުބާ ދެއްވުމުގެ ޝަރަފާއެކު ދަރަނބޫދޫގެ ތާރީޚުން މައީޝް މަޙްމޫދު ރަޝީދު ޖާގަ ހޯދައިފިއެވެ. މިވަގުތު ދަރަނބޫދޫ ސްކޫލުގެ ގްރޭޑް 10 ގައި ތަޢުލީމް ޙާސިލްކުރަމުންދާ މައީޝްއަކީ މީގެ ކުރިން ރަށު މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ އަދި ރީތިކޮށް ޤުރުއާން ކިޔަވާ ނަމޫނާ ދަރިވަރެކެވެ. ނަމަވެސް މިއަދަކީ މައީސް ހުކުރު ޚުޠުބާ އިއްވައި އިމާމުވެ ހުކުރު ނަމާދު ކުރެއްވި ފުރަތަމަ ދުވަހެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފުރިހަމަކޮށް، އިމާމުވެ ހުކުރު ނަމާދާއި ޢީދުނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ މިއަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު މައީޝް އަށްވަނީ ލިބިފައެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ ރަށްރަށުގައި އިމާމުވެ ހުކުރުކުރާނެ މީހުން މަދުވުމުން އެކަން ޙައްލުކުރުމަށް ކައުންސިލްތަކުން އެދިފައިވާތީ އެ މައްސަލައަށް ޙައްލެއް ހޯދުމަށް ފެއްޓެވި ޕްރޮގްރާމެވެ. މުޅި ރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 10 އިން މަތީގެ ދަރިވަރުންނަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 160 ދަރިވަރުން ބައިވެރިވިއެވެ.
ޒުވާން އުމުރުގައި ރަށުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމާއި ގުޅިގެން މީސް މީޑިއާގައި އެކިއެކި ފަރާތްތަކުން އަންނަނީ މައީޝްއަށް މަރުހަބާ ކިޔަމުންނެވެ. ކުރިއަށް އޮތްތަނުގައި މައީޝްއަށް އިތުރު ކާމިޔާބީތަކަށް އެދެމެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި