ފެނަކަ ދަރަނބޫދޫ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު އިސްތިއުފާ ދެއްވައިފި!

Dhanews Logo

ފެނަކަ ދަރަނބޫދޫ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު އިސްތިއުފާ ދެއްވައިފި!

277791544 10160472159042642 2146950531851635654 N

ފެނަކަ ދަރަނބޫދޫ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު އިސްތިއުފާ ދެއްވައިފި!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފެނަކަ ފ. ދަރަނބޫދޫ ބްރާންޗުގެ ސްޓޭޝަން މެނޭޖަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު އިބްރާހީމް (ފުރެންކު) އިސްތިއުފާ ދެއްވައިފިއެވެ.

މުޙައްމަދު އިބްރާހީމް ފެނަކަ ސްޓޭޝަން މެނޭޖަރ ކަމަށް ބަދަލު ކުރެއްވައި އެ ބްރާންޗުގެ ހިންގުން ޙަވާލުކުރެއްވީ ރައީސް ޞާލިޙްގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭގެކުރިން އެބޭފުޅާ ހުންނެވީ އެ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު މަޤާމުގައެވެ.

މިހާރު ހިނގަމުންދާ ސަރުކާރުގައި ކުންފުނިތަކަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި މުޙައްމަދު އިބްރާހީމްގެ ޒިންމާގެ ތެރެއިން ދަރަނބޫދޫ ފެނަކަ ބްރާންޗުގެ ހިންގުންވަނީ އުނިކުރައްވާފައެވެ. އާންމު އުސޫލުގެ ތެރެއިން ސަރުކާރުތައް ބަދަލުވުމުން ފެނަކައިގެ އެންމެ އިސްކޮށް ހުންނަވާ ވެރިއަކު މަޤާމުން ވަކިކުރެއްވި ނަމަވެސް، ޑރ. މުޢިއްޒުގެ ވެރިކަމުގައި ފެނަކަ ދަރަނބޫދޫ ބްރާންޗުން އެއްވެސް މުވައްޒަފަކު މިހާތަނަށް ވަކިކުރައްވާފައި ނުވެއެވެ.

ފެނަކައިގެ ވަޒީފާއިން މުޙައްމަދު އިބްރާހީމް އިސްތިއުފާ ދެއްވީ މި ސަރުކާރުގެ އެހެން ސިޔާސީ މަޤާމަކަށް ބަދަލުވުމަށް ކަމުގައި ވަނީ މަޢުލޫމާތު ލިބިފައެވެ. ދަނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅާ ބަދަލު ކުރަން ނިންމަވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ރަށުގައި ހުރެގެން އަދާކުރާ ސިޔާސީ މަޤާމާކަށެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި