ޚަބަރު

އެއާޕޯޓް މަސައްކަތް ހުއްޓުވާލުމާއި ގުޅިގެން މަގޫދޫ ރައްޔިތުން މުޒާހަރާކުރަނީ!

2 އަހަރު ކުރިން ދަނިއުސްދަނިއުސް
434671206 734019438859929 8417789541029307861 N
Liyuntherikan
ID Card
އިޝްތިހާރު

ނިމިދިޔަ ސަރުކާރުން ފ.މަގޫދޫގައި ހަދަން ފަށާފައިވާ އެއާރޕޯޓް މަސައްކަތުގެ ބޮޑުބައި ނިމިފައި ވަނިކޮށް މިސަރުކާރުން އެ މަސައްކަތް ހުއްޓާލުމަށް އެންގުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކޮށް އެރަށު ރައްޔިތުން މިރޭ މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ދަނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަހީދު ވިދާޅުވީ އެރަށު އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ސަރުކާރުން އެންގުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ކައުންސިލުން ޤަރާރެއް ނެރުމަށް މިއަދު ކުއްލި ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. މި ބައްދަލުވުން ކައުންސިލްގައި ކުރިއަށް ގެންދަވާފައިވަނީ އާންމުންނަށް އަޑުއެހުމަށް ވަދެވޭ ގޮތަށެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

މަގޫދޫ ރައްޔިތުންގެ ސުލްޙަވެރި މުޒާހަރާއެއް މިރޭ 21:30 ގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވަނީ އެއާޕޯޓް ހަދަމުންދާ ސަރަޙައްދުގައިކަމަށް މަޢުލޫމާތު ލިބެއެވެ.

ކުރީ ސަރުކާރުން މަގޫދޫގައި ފެށި އެއާޕޯޓްގެ މަސައްކަތް މިސަރުކާރުން ހުއްޓުވާފައިވާ ކަމުގެ އަޑުތައް މީގެ ދުވަސްކޮޅެއް ކުރިންވަނީ ފެތުރިފައެވެ. ދާދި ފަހުން ރައީސް ޑރ. މުޢިއްޒުވަނީ ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް މިސަރުކާރުން ނިންމާފައިވާކަން އިޢުލާނު ކުރައްވާފައެވެ. މި މައްސަލައާއި ގުޅިގެން ނިލަންދޫ އަދި މަގޫދޫ ރައްޔިތުންގެ މެދުގައިވަނީ ވަރަށްބޮޑަށް އަރާރުން އުފެދިފައެވެ. އެކަން އެންމެ ބޮޑަށް ފެނިގެންދަނީ މީސްމީޑިއާއިންނެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އަދި އިންތިޚާބަށްފަހުވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވަމުން ގެންދެވީ ރައްޔިތުންގެ ފައިދާއަށް ސަރުކާރުން ފައްޓަވާފައިވާ އެއްވެސް ޕްރޮޖެކްޓެއް އެމަނިކުފާނުގެ ވެރިކަމުގައި ހުއްޓާނުލައްވާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޖިލިސް ކެމްޕެއިން ތެރޭގައިވެސް ޑރ. މުޢިއްޒުވަނީ ރައްޔިތުންގެ ކަންކަމަށް ހުރަސްއަޅާ ބަޔަކު މަޖިލީހަށް ހޮވާނީތޯ ނުވަތަ ނޫންތޯ ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)