ޚަބަރު

ފ. އަތޮޅު ކައުންސިލް ރައީސްކަމަށް ޙައްވަ!

2 އަހަރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
Hawwa
Liyuntherikan
ID Card
އިޝްތިހާރު

ފ. އަތޮޅު ކައުންސިލަށް ރައީސަކު ހޮވުމަށް އިއްޔެ ބޭއްވުނު ބައި އިލެކްޝަން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ޙައްވާ ޢަބްދުލް ޢަޒީޒު ކާމިޔާބު ކޮށްފިއެވެ.

މި އިންތިޚާބުގައި ވާދަކުރެއްވީ ޙައްވަގެ އިތުރުން އެމްޑީޕީގެ ފަރާތުން އިބްރާހީމް ޚަލީލް (ޚަލީލް ސާރ) އެވެ. މި އިންތިޚާބުގައި ޚަލީލް އަށް ލިބިފައިވަނީ ޖުމުލަ 888 ވޯޓެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ޙައްވަ އަށް ލިބިފައިވަނީ 941 ވޯޓެވެ. ޖުމުލަ 1881 ވޯޓު މި އިންތިޚާބުގައި ލާފައިވާއިރު، ބާޠިލް ވޯޓުގެ އަދަދަކީ 52 އެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 4385 ކަމަށް އިލެކްޝަން ކޮމިޝަނުން އާންމު ކުރައްވާފައިވެއެވެ. އެހެން ނަމަވެސް ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން 42.90 އިންސައްތައެވެ. އަތޮޅުތެރޭ ހުރިހާ ރަށަކުންވެސް މި އިންތިޚާބުގައި ވޯޓުލީ ނިސްބަތުން މަދު ބައެކެވެ. މިއީ މިއަތޮޅު އިންތިޚާބެއްގައި ވޯޓުލުމަށް އެންމެ މަދުން މީހުން ބައިވެރިވި ފަހަރުކަންވެސް ފާހަގަކުރެވެއެވެ.

ޙައްވައަށް ލިބުނު ކާމިޔާބީގެ ފާހަގަކޮށް އެކިއެކި ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި ޝުޢޫރު ފާޅުކުރަމުންނެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމުގެ ކުރިން ވާދަވެރި ކެންޑިޑޭޓް އިބްރާހީމް ޚަލީލް ވަނީ ބަލި ގަބޫލު ކުރައްވާ ޙައްވައަށް މަރުޙަބާ ދަންނަވާފައެވެ.

ފ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ޙައްވަ ކާމިޔާބު ކޮށްފައިވާއިރު، ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ މިއީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށިފަހުން އަތޮޅު ކައުންސިލްގެ ރައީސް މަޤާމަށް އަންހެނަކު އިންތިޚާބު ކުރެވުނު ފުރަތަމަ ފަހަރުކަމެވެ. އެކަން ފާހަގަކުރައްވާ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ ވެސް ވަނީ މަރުޙަބާ ދަންނަވާފައެވެ.

މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރިކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ސްޓްރެޓަޖިކް މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)