ޚަބަރު

ދިޔޯކަޕްގެ ކަވަރޭޖް ގެނެސް ދިނުމަށް އޭކްސްއާއި ދަނިއުސް އެއްބަސްވުމަކަށް!

2 އަހަރު ކުރިން އުސާމަތު މޫސާއުސާމަތު މޫސާ
L2
Liyuntherikan
ID Card
އިޝްތިހާރު

އޭކްސް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން އަންނަ މާޗްމަހު ފެށުމަށް ހަމަޖެހިފައިވާ، ދިޔޯކަޕް2024 ގެ ކަވަރޭޖް ގެނެސް ދިނުމަށް އެކުލަބާއި ދަނިއުސްއާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ހަވީރު ސޮއިކޮށްފިއެވެ. ދަނިއުސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރު އަޙްމަދު ޒުމީނެވެ. އޭކްސްގެ ފަރާތުން ސޮއިކުރެއްވީ އެކުލަބުގެ ރައީސް މުޢައްދު މުޙައްމަދެވެ.

މިއީ ދިޔޯކަޕްގެ މީޑިއާ ކަވަރޭޖާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ. އެގޮތުން މުބާރާތް ޕްރޮމޯޓު ކުރުމާއި، މުބާރާތުގެ މެޗުތަކުގެ ލައިވް ކަވަރޭޖާއި، ފޮޓޯގްރަފީގެ ޚިދުމަތާއި، ޚަބަރާއި މަޢުލޫމާތުތައް ގެނެސް ދިނުމަށްވަނީ އެއްބަސް ވެފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ދިޔޯކަޕް 2024 އަކީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭނެ މުބާރާތެއްކަމަށް އެކުލަބުން ކުރިންވަނީ ހާމަކުރައްވާފައެވެ. މުބާރާތަށް އެހީތެރިވާ ސްޕޮންސަރުންގެ ތެރޭގައި ދަނިއުސް، ބޭންކް އޮފް މޯލްޑިވްސް، ފަގީޓޯ، ދަރަނބޫދޫ ކައުންސިލާއި ބައެއް އާންމުންވެސް ހިމެނެއެވެ. އަދި މިނޫނަސް މުހިންމު ސްޕޮންސަރުންގެ ނަންތައް ކުރިއަށް އޮތްތަނުގައި އެކުލަބުން މީސްމީޑިއާގައި އާންމު ކުރަމުން ގެންދާނެއެވެ.

މިމުބާރާތަކީ ދަރަނބޫދޫގެ ޓީމުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި މިއީ އޭކްސް ސްޕޯޓްސް ކުލަބު ރަޖިސްޓާރ ކުރެވުނު ފަހުން އިންތިޒާމްކުރާ ފުރަތަމަ މުބާރާތެކެވެ. މިއީ މުބާރާތް ބޭއްވޭ ފުރަތަމަ އަހަރު ނަމަވެސް، ކުރިއަށް އޮތްތަނުގައި މެދުނުކެނޑި މި މުބާރާތް ކުރިއަށް ގެންދިއުމަކީ އެކުލަބުގެ އަމާޒެވެ. ރަށު ފެންވަރުގައި ފާހަގަ ކޮށްލެވޭ މުބާރާތަކަށް ހެދުމަށްޓަކައި، ދުރާލައި މިމުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް އެކުލަބުން ވަނީ ފަށާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)