ޚަބަރު

ފައިލޭރިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވައިފި

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
410273826 1040354363985641 5905594769092082197 n
ID Card
Liyuntherikan
އިޝްތިހާރު

ފައިލޭރިއާ ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ދަރަނބޫދޫ ސިއްޙީމަރުކަޒުން ކުރިއަށް ގެންގޮސްފިއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ މި ބަލީގެ ވޭދަނަތަކެއް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކެއްގެ ގައިން ފެނިފައިވާ މި ދަނޑިވަޅުގައި ސިއްޙީމަރުކަޒުން މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ގުރޫޕްތަކަށް ބަހާލައިގެން ދަރަނބޫދޫ ސްކޫލްގެ މީޓިންގ ހޯލްގައެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

އެގޮތުން އިއްޔެ ދަރަނބޫދޫ ސްކޫލުގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ފޯރުކޮށްދެއްވާފައިވާއިރު، މިއަދު ހެނދުނުވަނީ، އާންމުންނަށް ހުޅުވާލައިގެން އެބައްޔާއިބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މި ސެޝަންތަކުގައި ފައިލޭރިއާ ބައްޔާއިބެހޭގޮތުން އެނގުން މުހިންމު މަޢުލޫމާތުތަކާއި، ބަލީގެ ހާލަތު ރާއްޖޭގައި ކުރިން އޮތްގޮތާއި މިހާރު އޮތްގޮތުގެ އިތުރުން، މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށް ދީފައިވެއެވެ. އަދި ބައްޔާއި ބެހޭގޮތުން ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

މިއަދު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި ސިއްޙީމަރުކަޒުގައި މިހާރު އަމަލުކުރަމުން އަންނަ އާ ޕާތުވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، ޚާއްސަ ބަލިތަކުގެ ޑަކްޓަރުންނަށް ދެއްކުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ މަޢުލޫމާތުގެ އިތުރުން، މޯބައިލް ލެބޯޓްރީގެ ޚިދުމަތް ދެމުން އަންނަ ގޮތުގެ މަޢުލޫމާތުވަނީ ފޯރުކޮށް ދީފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)