ޚަބަރު

ސިއްޙަތާއިބެހޭ ވަޒީރު ދަރަނބޫދޫއަށް ވަޑައިގެންފި.

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
Gh
Liyuntherikan
ID Card
އިޝްތިހާރު

މި ސަރުކާރުގެ ސިއްޙަތާއިބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދަރަނބޫދޫއަށް ވަޑައިގެން ދަރަނބޫދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކެމްޕެއިން ދަތުރެއްގައި ދަރަނބޫދޫއަށް ކުރެއްވި ދަތުރުފުޅުގައި ސިއްޙީމަރުކަޒަށް ވަޑައިގެން ތަނުގައި ހުރި ދަތިތަކާއި އިތުރަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ވަޒީރުވަނީ މަޢުލޫމާތު ސާފުކުރައްވާފައެވެ. އެގޮތުން މަރުކަޒުގެ ލެވެލްގައި ލިބެން ހުންނަންޖެހޭ ޚިދުމަތްތަކާއި، ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި ބައްދަލުވުމުގައި ސިއްޙީމަރުކަޒަށް ދިމާވެފައިވާ ކަންކަމުގެ ތެރެއިން މިވަގުތުން ވަގުތަށް ޙައްލުކުރެވެން ހުރި ކަންކަން ޙައްލު ކޮށްދެއްވާނެ ކަމަށާއި، އެހެންކަންކަން ކުރިއަށް އޮތްތަނުގައި ޙައްލު ކޮށްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މި ބައްދަލުވުމުގައި ސިއްޙަތާއިބެހޭ ވަޒީރުގެ އިތުރުން އެވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިސްމާޢީލް ޒާހިރާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޢަލީ މުޙައްމަދާއި ސިއްޙީމަރުކަޒުގެ ސީނިއާ މެނޭޖްމަންޓް އަދި ދަރަނބޫދޫ ކައުންސިލް މެމްބަރު އަރްޔަޝް މުޙައްމަދު ބައިވެރިވެލެއްވިއެވެ.

މިއީ އާ ސަރުކާރުގެ ވަޒީރަކު ފ.އަތޮޅަށް ދަތުރެއް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)