ޚަބަރު

މަޖިލިސް 2024 އަށް ކެންޑިޑޭޓުން ފޯމު ހުށަހަޅަން ފަށައިފި!

2 އަހަރު ކުރިން ދަނިއުސްދަނިއުސް
We
ID Card
Liyuntherikan
އިޝްތިހާރު

އަންނަ އަހަރުގެ ކުރީކޮޅުގައި ބޭއްވުމަށް ތައްޔާރު ވަމުންދާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑެންސީ ފޯމުތައް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ނިލަންދޫ ދަރަނބޫދޫ ހިމެނޭ ނިލަންދޫ ދާއިރާގެ މަޖިލިސް އިންތިޚާބަށް މިހާތަނަށް ޝައުޤުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ފ. ނިލަންދޫ އޯކިޑުމާގެ، ޢަބްދުލް ޖަލީލު އަޙުމަދާއި، ފ. ނިލަންދޫ އާސްތާނާ، އަޙްމަދު ރަޝީދު ހިމެނެއެވެ. މި ދެ ބޭފުޅުންވެސް ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް މިއަދު ފޯމު ހުށަހަޅާފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ކޮންގްރެސްގެ ފަރާތުން ދެ ކެންޑިޑޭޓަކު މިހާތަނަށް އިންތިޚާބަށް ކުރިމަތިލައްވާފައިވާތީ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވާނެކަމަށް ޕީއެންސީން ވަނީ އަންގަވާފައެވެ. ޕީއެންސީން އިއްޔެ ބޭއްވި ނޫސް ކޮންފްރެންސެއްގައި ވިދާޅުވީ މި ޕްރައިމަރީގައި ވޯޓުލެވޭނީ ޕީޕީއެމް ނުވަތަ ޕީއެންސީގައި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވާ މެމްބަރުންނަށް ކަމަށެވެ.

ނިލަންދޫ ދާއިރާއަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ތާއީދު ބޮޑު ދާއިރާއެކެވެ. މި ދާއިރާ މިހާރު ތަމްސީލް ކުރައްވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ޢަބްދުލް މުޙްސިން ޙަމީދެވެ. މުޙްސިން ވަނީ އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބާއި ދިމާކޮށް އޭރު ވެރިކަން ކުރަމުން ދިޔަ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)