ޚަބަރު

ޑީޒެޑްސީގެ ހިންގާ ކޮމެޓީއަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލާތީ އަލުން އިއުލާނުކުރަނީ

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
289688587 5059599080804457 8372976922142449680 n
Liyuntherikan
ID Card
އިޝްތިހާރު

ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ ހިންގާ ކޮމެޓީގެ 18 ވަނަ ދައުރަށް މެމްބަރުން އިންތިޚާބު ކުރުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތި ނުލާކަމަށް އެކުލަބުން ހާމަކޮށްފިއެވެ.

ދަރަނބޫދޫގެ އެންމެ ދުވަސްވީ ޖަމިއްޔާގެ ގޮތުގައި އޮތް ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ 18 ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް އެކުލަބުން އިޢުލާނު ކޮށްފައިވަނީ ހުސްވި މަހުގެ 29 ވަނަ ދުވަހުގައެވެ. ދަރަނބޫދޫގެ އެންމެ ގިނަ މީހުން ”ޢާންމު މެމްބަރުންގެ“ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މިކުލަބަކީ ދަރަނބޫދޫއަށް އިޖްތިމާޢީ ގޮތުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކުލަބެކެވެ. މި ކުލަބަށް އިންތިޚާބު ކުރެވެނީ ރައީސަކާއި ނައިބްރައީސެއްގެ އިތުރުން 7 މެމްބަރުންނެވެ. މިކުލަބުގެ އަސާސީ ޤަވާއިދު ބުނެފައިވާގޮތުން، ކުލަބުގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން އިތުރު މެމްބަރަކު އައްޔަނު ކުރެވެއެވެ.

އެޑްވިން
އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އިޝްތިހާރު

ޑީޒެޑްސީގެ 17 ވަނަ ދައުރުގައި ކުރެވިފައިވާ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، އެންމެ ފަހުން ބޭއްވުނު ”ފީފާ ވޯލްޑް ކަޕް“ އާއި ގުޅުވައިގެން ވަރަށް ފޯރީގައި ކުރިއަށް ގެންދެވުނު ޙަރަކާތްތަކާއި، ރަށު ރައްޔިތުން އެއްތަނަކަށް ޖަމާވެ މެޗްތައް ބެލުމަށް ހަމަޖެއްސެވި އިންތިޒާމްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޔޫއެންޑީޕީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ”މިޔަހެލި 2023 ޕްރޮގްރާމް“ ގައި ބައިވެރިވުމާއި ދަރަނބޫދޫ ސްކޫލުގެ ކީ ސްޓޭޖް 2 ގެ ދަރިވަރުންނަށް ކުރިއަށް ގެންދެވުނު ފަތަން ދަސްކުރުމުގެ ސެޝަންގައި އެކުލަބުން އެހީތެރިކަން ފޯރުކޮށް ދެއްވާފައިވެއެވެ.

ކުލަބުގެ ނިމިދިޔަ ދައުރުގައި ދަރަނބޫދޫ ކައުންސިލުންވަނީ އެކުލަބުގެ އިދާރާ ހެދުމަށް ރަށުން 1422 އަކަފޫޓުގެ އައު ބިމެއް ހަމަޖައްސަވައި ދެއްވާފައެވެ.

18 ވަނަ ދައުރަކަށް ކުރިމަތިލުމަށް ހުޅުވާލެވުނު ފުރުސަތު މިމަހުގެ 5 ވަނަ ދުވަހަށް ހަމަވެފައިވާއިރު، އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތި ލާފައިނުވާތީ، މި ހަފްތާ ތެރޭގައި އަލުން އިޢުލާނު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެކުލަބުގެ ރައީސް މުޢައްދު މުޙައްމަދު ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ދަރަނބޫދޫ ޒުވާނުންގެ ކުލަބުގެ ހިންގާ ކޮމެޓީގެ ދައުރަކީ 1 އަހަރެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)